ރައީސްގެ ޚާއްޞަ ސްކޮލަޝިޕް 17 ދަރިވަރަކަށް، ހައި ސްކޮލަރޝިޕް 138 ދަރިވަރަކަށް

މަތީ ސާނަވީ ނިންމާ ދަރިވަރުންނަށް ދޭ ރައީސުލްޖުމުޙުރިއްޔާ ޚާއްޞަ ސްކޮލަރޝިޕް 17 ދަރިވަރަކަށް ހައި އެޗީވާސް ސޮކޮލަރޝިޕް 138 ދަރިވަރަކަށް މިރޭ ދީފިއެވެ.

ފަސް މާއްދާއިން އޭ ސްޓަރ ހޯދާ ދަރިވަރުންނަށް ދޭ މި ސްކޮލަރޝިޕް ލިބެނީ ސެންޓަރ ފޮރ ހަޔަރ ސެކަންޑްރީ އެޑިޔުކޭޝަން (ސީއެޗްއެސްއީ)ގެ ނުވަ ދަރިވަރުންނާއި އަހުމަދިއްޔާ އިންޓަރނޭޝނަލް ސްކޫލްގެ ތިން ދަރިވަރުންނާއި ވިލާ ހައި އިންޓަރނޭޝަނަލް ސްކޫލްގެ އެއް ދަރިވަރަކާއި ގއ. އަތޮޅު ތަޢޫލީމީ މަރުކަޒުގެ ދަރިވަރަކާއި އައްޑޫ ހައި ސްކޫލުގެ ދަރިވަރަކާއި އިހަވަންދޫ ސްކޫލުގެ ދަރިވަރެއްގެ އިތުރުން އަލްޢަރަބިއްޔަތުލް އިސްލާމިއްޔާގެ ދަރިވަރަކަށެވެ.

ރައީސްގެ ޚާއްޞަ ސްކޮލަޝިޕް ލިބުނު ފަރާތްތަކަށް ލިޔުން ހަވާލުކޮށް ދެއްވީ ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިހެވެ.

ރައީސްގެ ޚާއްޞަ ސްކޮލަރޝިޕް ލިބޭ ދަރިވަރުން:

  • ނާޝާ ނަސީމް، (ސީއެޗްއެސްއީ)
  • ރާނިޔާ އަގްލީމް، (ސީއެޗްއެސްއީ)
  • ޝާއިން މުޙައްމަދު ރިފްއަތު، (ސީއެޗްއެސްއީ)
  • އައިޝަތު ރައިފާ ނަސީމް، (ސީއެޗްއެސްއީ)
  • އައިޝަތު ޔަޝާ އަހުމަދު، (ސީއެޗްއެސްއީ)
  • މަރިޔަމް މަލާކު ހުސައިން ރަޝީދު، (ސީއެޗްއެސްއީ)
  • އަބްދުﷲ ރައުދު މޫސާ، (ސީއެޗްއެސްއީ)
  • އައިޝަތު އިއްޒަތު ޔޫސުފު، (ސީއެޗްއެސްއީ)
  • އައިޝަތު ނީޝާން ވަހީދު، (ސީއެޗްއެސްއީ)
  • ޒައިނާ ނަސީމް ( ވިލާ ހައި އިންޓަރނޭޝަނަކް ސްކޫލް )
  • އަހްމަދު މައޫޝް ސަބްރީ ( ގއ. އަތޮޅު ތަޢުލީމީ މަރުކަޒު)
  • ފާތުމަތު ނަބާހާ ހުސައިން ( އައްޑޫ ހައި ސްކޫލް)
  • ޙަސަން ސިޔާދު ( އިހަވަންދޫ ސްކޫލް)
  • މަލްސާ މުޖްތަބާ ( އަހުމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލް)
  • މަރިޔަމް އަޙްމަދު ( އަހުމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލް)
  • ޝިނާ އަޝްރަފު ( އަހުމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލް)
  • އަބްދުﷲ ސަރޫފު މުޙައްމަދު (އަލް މަދަރަސަތުލް އަރަބިއްޔާ )

ރައީސްގެ ޚާއްޞަ ސްކޮލަޝިޕް ލިބެނީ "އިސްލާމް" އަދި "ދިވެހި" ހިމެނޭ ގޮތަށް 5 މާއްދާއިން އޭ ސްޓަރ ހޯދާފައިވުން ނުވަތަ ޝަހާދަ ސާނިވީ އިމްތިޙަމުގައި ބައިވެރިވެ ހުރިހާ މާއްދާއަކުން A އޭ ސްޓަރ ޚާޞިލްކޮށްފައިވުން އަދި ޖީ.ސީ.އީ އޯލެވެލް / އައި.ޖީ.ސީ.އެސް.ސީ ނުވަތަ އެއާ އެއްފެންވަރުގެ އިމްތިޚާނަކުން އިނގިރޭސި "ސީ" އިން ފެށިގެން މަތީ ގްރޭޑެއް ލިބިފައި އޮތުމެވެ.

މި ސްކޮލަރޝިޕް ލިބޭ ދަރިވަރުން ކިޔަވަން ބޭނުން ދާއިރާއަކުން ބޭނުން ޤައުމެއްގައި ފުރަތަމަ ޑިގްރީ ފުރިހަމަ ކުރުމުގެ ޙަރަދު، ސްކޮލަރޝިޕާބެހޭ އުޞޫލުގައިވާ ގޮތުގެ މަތީން ހަމަޖައްސައިދޭނީ ސަރުކާރުންނެވެ.

އެ މިނިސްޓްރީން ބުނީ ހައި ސްކޮލަރޝިޕް ދެނީ "އިސްލާމް" އަދި "ދިވެހި" ހިމެނޭ ގޮތަށް 5 މާއްދާއިން A ފާސް ހޯދާފައިވުން އަދި ޖީ.ސީ.އީ އޯލެވެލް / އައި.ޖީ.ސީ.އެސް.ސީ ނުވަތަ އެއާ އެއްފެންވަރުގެ އިމްތިޚާނަކުން އިނގިރޭސި "ސީ" އިން ފެށިގެން މަތީ ގްރޭޑެއް ލިބިގެންނެވެ.

މި ސްކޮލަރޝިޕްގެ ދަށުން ފުރުޞަތު ދެވޭނީ، މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަންގެ ވެބްސައިޓްގައި އާންމުކޮށްފައިވާ "ނެޝަނަލް ޓްރެއިނނިންގް ނީޑްސް ލިސްޓް" ގައި ހިމެނޭ ދާއިރާތަކުން ފުރަތަމަ ޑިގްރީ ފުރިހަމަ ކުރުމަށެވެ.

މި ސްކޮލަރޝިޕްގެ ދަށުން ކިޔެވުމަށް ފުރުސަތު ހުޅުވާލާފައިވާ ޤައުމުތަކަކީ ދިވެހިރާއްޖެ، މެލޭޝިޔާ، ތައިލެންޑް، ފިލިޕީންސް، ޗައިނާ، ސާރކް އަދި އޯއީސީޑީ ޤައުމުތަކެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *