ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ސްޓޫޑެންޓް ޔޫނިއަންގެ ބަހުސް މުބާރާތުގެ ޗެމްޕިއަންކަން ސްކޫލް އޮފް މެޑިސިން(އެސްއެމް)އިން ހޯދައިފިއެވެ. އެސްއެމްއިން ޗެމްޕިއަންކަން ހޯދީ ފެކަލްޓީ އޮފް ޝަރީޢާ އެންޑް ލޯ (އެފް.އެސް.އެލް)އާ ފައިނަލުގައި ވާދަ ކޮށްގެންނެވެ.
ފައިނަލް ބަހުސްގެ މައުޟޫ އަކީ ”ބޯހިޔާވަހިކަމުގެ މައްސަލަ ހައްލު ކުރެވޭނީ ލާމަރުކަޒީ ނިޒާމުގެ ތެރެއިންނެވެ.“
ފައިނަލުގައި ސްކޫލް އޮފް މެޑިސިންއަށް 716 ޕޮއިންޓް ލިބުނުއިރު، ފެކަލްޓީ އޮފް ޝަރީޢާ އެންޑް ލޯ 603 ޕޮއިންޓެވެ.
ފައިނަލުގެ އެންމެ މޮޅު ބަހުސް ކުރުންތެރިއަކަށް ހޮވުނީ ސްކޫލް އޮފް މެޑިސިންގެ އަޙްމަދު ޝާބިން އެވެ.
މުބާރާތުގެ އެންމެ މޮޅު ބަހުސްކުރުންތެރިޔަކީ ސްކޫލް އޮފް މެޑިސިންގެ އަނޫފް ޢަބްދުﷲ އެވެ. ފަދަ ފަހެއްގައި ދެން ހިމެނެނީ އަޙްމަދު ޝާބިންއާއި މުޙައްމަދު އަޔާޝް ޢަލީއާއި ފެކަލްޓީ އޮފް ޝަރީޢާ އެންޑް ލޯގެ އިސްމާޢީލް ރަޒީން ޢިމްރާން އާއި މުޙައްމަދު އައިޝް މުޞްޠަފާ އެވެ.
މި މުބާރާތުގައި ބައިވެރިވީ އެ ޔުނިވަރސިޓީގެ އަށް ފެކަލްޓީއަކުންނެވެ.
advertisment
ހިޔާލު