މިދިޔަ އަހަރު ބޭއްވި ސާނަވީ އަދި މަތީ ސާނަވީ އިމްތިޙާނުން ޤައުމީ ގަދަ ދިހައެއްގައި ހިމެނުނު ދަރިވަރުންނަށް އެވޯޑް ދިނުމުގެ ރަސްމިއްޔާތު މި މަހު ބާއްވަން ނިންމައިފިއެވެ.
ސާނަވީގެ އެވޯޑް ދިނުމުގެ ހަފްލާ މި މަހު 17އާއި 18ގައި ބާއްވާއިރު، މަތީ ސާނަވީގެ އެވޯޑެ ދިނުމުގެ ހަފްލާ މެއި 31 ގައި ބާއްވަން ވަނީ ނިންމާފައެވެ.
އެޑިޔުކޭޝަން މިނިސްޓްރީން ބުނީ މިދިޔަ އަހަރު ސާނަވީ ނިންމި ދަރިވަރުންގެ ތެރެއިން ގަދަ 10 ގައި 844 ކުދިން ހިމެނޭ ކަމަށެވެ.
އޭލެވެލްގައި ބައިވެރިވި 2،849 ދަރިވަރުންގެ ތެރެއިން 441 ދަރިވަރަކަށް ޤައުމީ ގަދަ ދިހައެއްގައި ހިމެނެއެވެ. އޭގެ ތެރޭގައި ވަކިވަކި މާއްދާތަކުން ރާއްޖެއާއި ރާއްޖެއިން ބޭރުން ވަނަތައް ލިބުނު ދަރިވަރުން ހިމެނެއެވެ.
advertisment
ހިޔާލު