އެމްއެންޔޫގެ ޖޮބް ފެސްޓިވަލް މެއި 27ން 28އަށް، ބައިވެރިވުމުގެ ފުރުޞަތު 16 މެއިއާ ހަމައަށް

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ޖޮބް ފެސްޓިވަލް މި މަހު 27ން 28އަށް ބާއްވަން ނިންމައިފިއެވެ. މި މައުރަޒުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން މި މަހުގެ 16 ވަނަ ދުވަހުގެ 14:00 ގެ ކުރިން ފޯމް ހުށަހެޅުމަށް އެ ޔުނިވަރސިޓީން ވަނީ އިއުލާން ކޮށްފައެވެ.

"އެމްއެންޔޫ ފަހި ފުރުޞަތު"ގެ ނަމުގައި ބާއްވާ މި ފެސްޓިވަލް އެ ޔުނިވަރސިޓީން ދަސްވެނިވާ ދަރިވަރުންނާއި އާންމުންނަށް ހުޅުވާލައިގެން ބާއްވަން ވަނީ ނިންމާފައެވެ. މި ފެސްޓިވަލް ކުރިއަށް ދާނީ އެދުވަހު ހަވީރު 4:00ން ރޭގަނޑު 10:00 އަށް އެ ޔުނިވަރސިޓީގެ އިދާރީ މަރުކަޒުގައެވެ.

"ފުރާތަ މުޖްތަމަޢަށް އަނބުރާ ދިނުން" ޝިޔާރުގެ ދަށުން އެމްއެންޔޫއިން ބާއްވާ ޖޮބް ފެސްޓިވަލަކީ ވަޒީފާ އުފައްދާ ފަރާތްތަކާއި ދަސްވެނިވަމުންދާ ދަރިވަރުންނާއި ވަޒީފާ ހޯދާ ފަރާތްތަކާއި އެކި ކަހަލަ ފަންނީ ހުނަރުވެރި ދާއިރާތަކުން ކުރިއަށްދާން ބޭނުންވާ ފަރާތްތަކާ ގުޅުވާލަދޭ ބާޒާރެކެވެ.

މި ފެސްޓިވަލުގެ މަޤްޞަދަކީ ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުރި ވަޒީފާގެ ފުރުޞަތުތަކާއި އެކި މުއައްސަސާތަކުގައި ތަފާތު އެކިކަހަލަ އާމްދަނީ ނުވަތަ މަސައްކަތުގެ ތަޖުރިބާ ލިބޭ ފަދަ ފުރުޞަތުތައް އާންމުންނަށް ދައްލާލެވޭނޭ ފުރުޞަތު ތަނަވަސްކޮށްދެވޭނެ ފަދަ މާޙައުލެއް ޤާއިމު ކޮށްދިނުމެވެ. އާންމުންނާއި ހިސާބަށް ފޯރުކޮށް ނުދެވި ހުރި އެކިކަހަލަ ފުރުޞަތުތަކާއި ބްރޭންޑްތައް ނުވަތަ ވައްތަރުތައް އާންމުންނާ ހަމައަށް ގެނެސްދެވޭނޭ މާހައުލެއް އުފެއްދުމެވެ. އެކިކަހަލަ ސިނާއީ ފުރުޞަތުތަކާއި ހުނަރުވެރިން ބިނާކުރުމަށް އަހުލުވެރިކުރުވުމާއި ޝައުޤުވެރިކަން އުފައްދާ ދެމެހެއްޓުމެވެ. ވަޒީފާގެ ބާޒާރަށް ބޭނުންވާ ހުނަރުވެރި އުފެއްދުންތެރިންނަށް އެފަދަ ފުރުޞަތެއް ޔުނިވަރސިޓީގެ ތެރެއިން ފަހިކޮށްދީ އެފަދަ މާޙައުލެއް އުފެއްދުމެވެ.

މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި އެމްއެންޔޫއިން ބޭއްވި ވަޒީފާގެ މައުރަޒުގައި 30 ފަރާތަކުން ބައިވެރިވެފައިވެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *