ރައީސްގެ ޚާއްޞަ ސްކޮލަރޝިޕް ހަތް ސްކޫލެއްގެ 17 ދަރިވަރަކަށް، ހަފްލާ މިމަހު 15ގައި

މަތީ ސާނަވީ ނިންމާ ދަރިވަރުންނަށް ދޭ ރައީސުލްޖުމުޙުރިއްޔާ ޚާއްޞަ ސްކޮލަރޝިޕް މި އަހަރު ލިބެނީ ހަތް ސްކޫލެއްގެ 17 ދަރިވަރުންނަށެވެ. ފަސް މާއްދާއިން އޭ ސްޓަރ ހޯދާ ދަރިވަރުންނަށް ދޭ މި ސްކޮލަރޝިޕް ލިބެނީ ސެންޓަރ ފޮރ ހަޔަރ ސެކަންޑްރީ އެޑިޔުކޭޝަން (ސީއެޗްއެސްއީ)ގެ ނުވަ ދަރިވަރުންނާއި އަހުމަދިއްޔާ އިންޓަރނޭޝނަލް ސްކޫލްގެ ތިން ދަރިވަރުންނާއި ވިލާ ހައި އިންޓަރނޭޝަނަލް ސްކޫލްގެ އެއް ދަރިވަރަކާއި ގއ. އަތޮޅު ތަޢޫލީމީ މަރުކަޒުގެ ދަރިވަރަކާއި އައްޑޫ ހައި ސްކޫލުގެ ދަރިވަރަކާއި އިހަވަންދޫ ސްކޫލުގެ ދަރިވަރެއްގެ އިތުރުން އަލްޢަރަބިއްޔަތުލް އިސްލާމިއްޔާގެ ދަރިވަރަކަށެވެ.

ރައީސްގެ ޚާއްޞަ ސްކޮލަޝިޕް ލިބޭ ދަރިވަރުންނަށް ސޮލަރޝިޕްގެ ލިޔުން ހަވާލުކުރުމުގެ ރަސްމިއްޔާތު މި މަހު 15 ދުވަހު ބާއްވަން ހަޔަރ އެޑިޔުކޭޝަން މިނިސްޓްރީން ވަނީ ނިންމާފައެވެ.

ރައީސްގެ ޚާއްޞަ ސްކޮލަޝިޕް ލިބެނީ "އިސްލާމް" އަދި "ދިވެހި" ހިމެނޭ ގޮތަށް 5 މާއްދާއިން އޭ ސްޓަރ ހޯދާފައިވުން ނުވަތަ ޝަހާދަ ސާނިވީ އިމްތިޙަމުގައި ބައިވެރިވެ ހުރިހާ މާއްދާއަކުން A އޭ ސްޓަރ ޚާޞިލްކޮށްފައިވުން އަދި ޖީ.ސީ.އީ އޯލެވެލް / އައި.ޖީ.ސީ.އެސް.ސީ ނުވަތަ އެއާ އެއްފެންވަރުގެ އިމްތިޚާނަކުން އިނގިރޭސި "ސީ" އިން ފެށިގެން މަތީ ގްރޭޑެއް ލިބިފައި އޮތުމެވެ.

މި ސްކޮލަރޝިޕް ލިބޭ ދަރިވަރުން ކިޔަވަން ބޭނުން ދާއިރާއަކުން ބޭނުން ޤައުމެއްގައި ފުރަތަމަ ޑިގްރީ ފުރިހަމަ ކުރުމުގެ ޙަރަދު، ސްކޮލަރޝިޕާބެހޭ އުޞޫލުގައިވާ ގޮތުގެ މަތީން ހަމަޖައްސައިދޭނީ ސަރުކާރުންނެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *