ފާއިތުވި އަހަރު އަމީނިއްޔާ ސްކޫލްގެ އެންމެ މޮޅު ދަރިވަރަކަށް އިބްރާހިމް ރިފާއު

ފާއިތުވި 2021-2022 ވަނަ އަހަރު އަމީނިއްޔާ ސްކޫލްގެ އެންމެ މޮޅު ދަރިވަރުގެ މަޤާމް އިބްރާހިމް ރިފާއު ހޯދައިފިއެވެ. އެންމެ މޮޅު ދެވަނަ ދަރިވަރުގެ މަޤާމް ހޯދީ އައިޝަތު މަލާކްއެވެ. ތިން ވަނަ ހޯދީ ފާތިމަތު އުލާ ފާއިޒެވެ.

ރޭ ބޭއްވި އިނާމް ދިނުމުގެ ޙަފްލާގައި ޝަރަފުވެރި މުހުމާނާއެއްގެ ހައިސިއްޔަތުން އެންމެ މޮޅު ތިން ދަރިވަރުންނަށް އިނާމް ދެއްވީ ޤައުމީ ޔިނިވަރސިޓީގެ ސްކޫލް އޮފް މެޑިސިންގެ ފުރަތަމަ ޑީން ޑރ. ޝީޒާ އަލީއެވެ.

އެއްވަނައަށް ދިޔަ ރިފާއު ވަނީ ފާއިތުވި އަހަރުގެ ސްކޫލްގެ ރެހެންދި ހައުސް ކެޕްޓަނެވެ. އޭނާ ވަނީ ސާނަވީ އިމްތިހާނުން ހަތް މާއްދާއިން އޭ ސްޓަރ އެއް މާއްދާއިން އޭ ހޯދައިގެން ޤައުމީ ގަދަ ދިހައެއްގެ ދެ ވަނަ ހޯދާފައެވެ. ދެ ވަނައަށް ދިޔަ މަލާކް ވަނީ ސާނަވީން ޤައުމީ ގަދަ ދިހައެއްގެ ތިން ވަނަ ހޯދާފައެވެ. ތިން ވަނައަށް ދިޔަ އުލާ ވަނީ ސާނަވީން ޤައުމީ ގަދަ ދިހައެއްގެ އެއްވަނަ ހޯދާފައެވެ.

ރޭ ބޭއްވި ޢިނާމް ދިނުމުގެ ޖަލްސާގައި 107 ދަރިވަރަކަށް ޢިނާމް ލިބުނެވެ. އޯލެވެލްގެ ގަދަ ދިހައެއްގައި 46 ދަރިވަރުން ހިމެނިފައިވާއިރު ބްރިލިއަންސް އެވޯޑް ތިން ދަރިވަރަކަށް ލިބިފައިވެއެވެ. ބްރިލިއަންސް އެވޯޑް ލިބުނީ އާޓް އެންޑް ޑިޒައިނުން ދުނިޔެއިން އެއްވަނަ ހޯދި ފާތިމަތު ޔާނާ އަބްދުއްރަޙީމާއި މުޅި ރާއްޖެއިން އިސްލާމިކް ސްޓަޑީޒްއިން އެއްވަނަ ހޯދި އިބްރާހިމް ރިފާއުއާއި އިނގިރޭސި މާއްދާއިން ދުނިޔެއިންނާއި ރާއްޖެއިން އެއްވަނަ ހޯދި އާމިނަތު މީޝާ މިސްރެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *