"ޙިފްޡް ރަންތާޖް"ގެ ނަމުގައި ދެ އަހަރުން ޤުރުއާން ހިތުދަސްކޮށްދޭ ޕްރޮގްރާމެއް ހއ. އަތޮޅު ތަޢުލީމީ މަރުކަޒުން އިފްތިތާޙުކޮށްފިއެވެ.
މި ޕްރޮގްރާމް އިފްތިތާޙްކޮށްދެއްވީ ، ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލް އިދާރާގެ ކައުންސިލް އެގްޒެކްޓިވް އަލްފާޟިލް ޢަބްދުﷲ ނަޢީމެވެ.
މި ޕްރޮގްރާމްގެ މަޤްޞަދަކީ ، ހއ.އަތޮޅު ތަޢުލީމީ މަރުކަޒުގެ ދަރިވަރުންގެ ހިތްތަކުގައި ކީރިތި ޤުރްއާން ހިތުދަސްކުރުމުގެ ޝައުޤުވެރިކަން އުފައްދައި، ކުރުމުއްދަތެއްގެ ތެރޭގައި ،ކީރިތި ޤުރްއާން ހިތުދަސްކޮށްފައިވާ ދަރިވަރުންތަކެއް މުޖުތަމަޢަށް ނެރުން ކަމަށް އެ މަރުކަޒުން ބުނެއެވެ.
ހއ.އަތޮޅު ތަޢުލީމީ މަރުކަޒުގެ ޙިފްޡް ރަންތާޖް ޕްރޮގްރާމަކީ 2 އަހަރު ދުވަހުގެ ތެރޭގައި ، މުޅި ޤުރްއާންގެ 30 ފޮތް ހިތުދަސްކުރާ ގޮތަށް ރޭވިފައިވާ ޕްރޮގްރާމެއްކަމަށް ވެސް އެ މަރުކަޒުން ބުނެއެވެ.
advertisment
ހިޔާލު