ތައުލީމަކީ ޑިގްރީއާއި ސެޓްފިކެޓް ކަމަށް ދެކިގެން، އެހެން ބަޔަކަށް ތިމާ ކިޔެވިކަން ދައްކައިދޭ ދަލީލަކަށް އެ ހަދަން މަސައްކަތްކޮށްގެން ނުވާނެ

ތައުލިމަކީ ޑިގްރީއާއި ސެޓްފިކެޓް ކަމަށް ދެކިގެން، އެހެން ބަޔަކަށް ތިމާކިޔެވިކަން ދައްކައިދޭ ދަލީލަކަށް ހަދަން މަސައްކަތްކޮށްގެން ނުވާނެ ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަނުގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެމްބަރު ޙިސަން ހުސައިން ވިދާޅުވެއްޖެއެވެ.

ދިވެހިރާއްޖޭގެ ޤައުމި ޔުނިވަރސިޓީގެ ދަސްވެނިވުމަށް ރޭ ބެއްވި ދެވަނަ ދަންފަޅި ޝަރަފުވެރިކޮށް ދެއްވައި ހިސާން ވިދާޅުވީ

" ތައުލީމަކީ މިއަދު ތިޔަ ޙާޞިލްކުރި ޑިގްރީއާއި ސެޓްފިކެޓް ކަމަށް ދެކިގެން ނުވާނެ. އެއީ އެހެން ބަޔަކަށް ތިމާކިޔެވިކަން ދައްކައިދޭ ދަލީލަކަށް ހަދަންވެސް މަސައްކަތްކޮށްގެން ނުވާނެ. ތިމާގެ އަމަލީ މަސައްކަތާއި އުޅުމުން ކަންކަން ކުރުމުގައި ތިމާގެ އުފެއްދުންތެރިކަމާއި ވިސްނުމުގެ ހުނަރުން ހަޤީޤީ ޢިލްމްވެރިންނަށް ވާންޖެހޭ" ހިސާން ވިދާޅުވިއެވެ.

ހިސާން ވިދާޅުވީ، ތަޢުލީމަކި ދުނިޔެ ބަދަލުކޮށްލެވިދާނެ އަސާސެއް. ޤައުމު އެހެން ޤައުމަކަށް ބަދަލުކޮށްލަން ލިބޭ ފުރުޞަތެއް ކަމަށާއި ދުނިޔޭ ބައްރުތަކުން ދަލީލުކޮށްދޭ ހަޤީޤަތަކީވެސް އެއީ ކަމަށެވެ.

" މަތީ ތަޢުލީމުން ޤައުމު ބަދަލުކޮށްލެވިދާނެ. މަތީ ތަޢުލީމުގެ ސަރުކާރުގެ ސިޔާތަސަތަކީ ވެސް އެއީ. ތައުލީމަކީ މި ގައުމަށް ތަހުޒީބީ ބަދަލުތައް ގެނެވޭނެ ގެނެވިދާނެ އެއްޗެއް. ތަހުޒީބުގެ ރަސްކަމުގައި ކުރިން ފިޔަޖެހި އެތައް ޤައުމެއް ފަހަށް ޖައްސާލާ މުޅިން އާ ޤައުމުތަކެއް މެދުއުޑަށް ވެރިކުރުވި ޙަޤީގަތަކީ ވެސް ޢިލްމް"

އެމްއެންޔޫގެ ދަސްވެނިންނަށް ހިސާން ވިދާޅުވީ، ޢިލްމީ ގޮތުން ވަކި ދާއިރާތަކެއް ޚާއްޞަކޮށް އަކަމުގެ ޢިލްމީ ޤާބިލުކަން މިއަދު ތިޔަ ދަރިވަރުން ހޯދައިދފި ކަމަށާއި ތިޔަ ބޭފުޅުން ބޭނުންވި ދާއިރާތަކުގެ މައުލޫމާތާ ޢިލްމީ ހޯދުންތައް ބަލައި ދިރާސާ ވެސް ކޮށްފައިވާ ކަމަށެވެ.

" ހަމައެއާއެކު ޢިލްމީ ގޮތުން އާ ވިސްނުންތަކަކާއެކު ސިކުންޑި ހުޅުވާލައިފި. އެހެން ނަމަވެސް ހަނދާންކުރަންޖެހޭ އެންމެ މުހިންމު އެއްކަމަކީ ޢިލްމަކީ ކަންކުރަންވީ ގޮތާ ހަޤީގަތްތައް ބުނެދޭ އެއްޗެއްކަން. އެއީ ތިމާގެ ސިކުނޑީގެ ހުސްތަން ފުރާލަދިން މައުލޫމާތު ތަކެއްކަން. އެއާއެކު ވަރަށް މުހިންމު އެހެން ބަހާއެއް ވެސް އެބައޮތްކަން. އެއީ އަމަލީ ތަޖުރިބާ. އަމަލީ ތަޖުރިބާއާ ނުލައި މިއަދު ތިޔަ ހޯއްދެވި ޢިލްމްގެ ހަޤީޤީ ބޭނުން ހިފޭނެ އެއްޗެއް ކަމަށް ދެކިގެން ނުވާނެ" ހިސާން ވިދާޅުވިއެވެ.

" ތަޖުރިބާއަކީ ވަރަށް މުހިންމު އަސާސެއް. ލިބުނު ޢިލްމް ހެޔޮގޮތުގައި ބޭނުން ހިފުމަށް އޮތް އެންމެ މުހިންމު އާރުކާޓީ. މިއަދު ތިޔަ ޙާޞިލްކުރި ސަނަދުގެ ޙަޤީޤީ ފައިދާއާއި މަންފާ ހޯދޭނީ ތަޖުރިބާގެ ފާލަން ގިރާކޮށްގެން. އިލްމް ހޯދުމަށް ކުރި މަސައްކަތެކޭ އެއްގޮތަށް ތަޖުރިބާގެ ދަތުރަކީ ވެސް އެފަދަ ދަތުރެއް ކަމަށް ދެކިގެން. ލިބުނު ޢިލްމްގެ ހަޤީޤީ ފައިދާއާއި މަންފާ ޤައުމަށް ހޯދައިދީގެން. އެކަން ކުރުމަށްޓަކައި ތަޖުރިބާގެ ދަތުރަށް ލަސްނުކޮށް ފަށައިގަންނަންޖެހޭ"

ހިސާން ވިދާޅުވީ، ވިހި ވަނަ ޤަރުނު ދެކުނު އެންމެ ކުޅަދާނަ އެއް ސައިންޓިސްޓުން ކަމަށްވާ އަލްބަޓް އެއިންސްޓައިން ވިދާޅުވަނީ ޢިލްމަކީ ހަމައެކަނި ދަސްކުރެވޭ ހަޤިޤަތްތަކެއް ނޫން ކަމަށެވެ. އެއީ ތިމާގެ ވިސްނުމާއި ފިކުރަށް ފޯރުކޮށްދެވޭ ތަމްރީނަކަށް ވެސް ހަދަންޖެހޭ ކަމަށެވެ.

އޭނާ ވިދާޅުވީ، ޙާޞިލްކުރި ޢިލްމްގެ އެހީއާއެކު ޤައުމަށް ފައިދާ ކުރުވަނިވި މަސައްކަތްތަކެއް ކޮށްދިނުމަށް އެ ޢަޒުމާއެކު ޢަމަލީ މައިދާނަށް ނުކުތުމަށް މަސައްކަތް ކުރަންޖެހޭ ކަމަށެވެ. ވަޒީފާގެ މައިދާނަކި ލިބިފައިވާ އިލްމާއެކު ވިސްނުމުގެ ބޭނުންކޮށް ހެޔޮބަދަލުތަކެއް ޤައުމަށް ގެނައުމަށް މަސައްކަތް ކުރަންޖެހޭ މުހިންމު މައިދާނެއްކަން ބަޔާން ކުރައްވައި ހިސާން ވިދާޅުވީ، ޤައުމަށް ތަރައްޤީއާއި ކުރިއެރުން ގެނެވެނީ ޢިލްމީ ހުނަރުވެރި ކަމުގެ މަސައްކަތުން އެފަދަ ހީވާގި އަތްތަކަކުން ކުރާ ބުރަ މަސައްކަތްތަކުންކަން ކަމަށެވެ.

" އެކަމަށްޓަކައި ލިބުނު އިލްމް ވިސްނުމަށް ގެނެވުވާ ހެޔޮ ބަދަލާއެކު އަޚުލާޤީ އަގުތައް ދަމަހައްޓަންޖެހޭ. ރީތި ސިފަތަކާއި ހުލްޤު އަށަގަނުވަންޖެހޭ. އެހެން މީހުންނަށް އިޙްތިރާމް ކުރުމާއެކު ތިމާގެ ޢިލްމީ ޤަބިލުކަމުގެ ބޭނުން ހިފަންޖެހޭ. ވަގުތައް ކަމޭހިތުމާއި މަސައްކަތްތަކަށް ކެމޭހިތުމުގެ ސިފަ އަށަގަންނަންޖެހޭ"

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *