ރާއްޖެޓީވީއާއި އިސްލާމިކް މިނިސްޓްރީއާއި ޔޫތް މިނިސްޓްރީ ގުޅިގެން ކުރިއަށް ރަމަޟާންމަހު ކުރިއަށް ގެންދިޔަ "ރަންތާޖު ޤުރުއާން" މުބާރާތުގެ އެއްވަނަ ނ. ހޮޅުދޫއަށް ނިސްބަތްވާ މުހައްމަދު ސާއީ މުބާރިކް ހޯދައިފިއެވެ. ސާއީއަށް މުބާރާތުގެ ރަންތާޖު ހަވާލުކޮށްދެއްވީ ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިހެވެ. ސާޢީ އެއްވަނަ ހޯދީ 1072.50 މާކްސް ހޯދައިގެންނެވެ.
މި މުބާރާތުން ދެވަނަ ހޯދީ މާލެ ސިޓީން ބައިވެރިވި ފާތިމަތު ތުގާ ހަލީމެވެ. ތިން ވަނަ ހޯދީ ވެސް މާލެ ސިޓީން ބައިވެރިވި ޔައީޝް މުހައްމަދު ނިޔާޒެވެ. ހަތަރު ވަނަ ހއ. ހޯރަފުށިން ބައިވެރިވި އަހުމަދު ސުޖާއު ހޯދިއިރު، ފަސްވަނަ ހޯދީ ބ.އޭދެފުށިން ބައިވެރިވި މުހައްމަދު މުސްތަފާއެވެ.

މި މުބާރާތުގެ އެއްވަނައަށް ހުށަހަޅާފައި ވަނީ 300،000 ރުފިޔާގެ ފައިސާގެ ޢިނާމެކެވެ. އޭގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ދެކަނބަލުންގެ ފަރާތުން ދެއްވި ޚާއްސަ އިނާމާއި، މުހައްމަދު އަލީ ޖަނާހްގެ ފަރާތުން ދެއްވި ހައްޖު ދަތުރާއި ފަރީ އަސްކޮއެ ހައްޖު އެންޑް އުމްރާ ޓުއާސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ދިން އުމްރާ ދަތުރާއި ވިލާ ކޮލެޖްގެ ފަރާތުން ފުލް-ފަންޑަޑް ޑިގްރީ ސްކޮލަރޝިޕަކާއި އެސްޓީއޯގެ ފަރާތުން ދން 43 އިންޗީގެ ޓީވީއަކާއި ރެޑްވޭވްގެ ފަރާތުން ދިން 55 އިންޗީގެ ނިކާއީ ޓީވީއާއި ފްލޭމް ލިލީގެ ފަރާތުން ގިސްޓް ހެމްޕާއާއި، ޕޮއިސްގެ ފަރާތުން ތިންހާސް ރުފިޔާގެ ގިފްޓް ވައުޗަރއާއި ޕްރޮކްސީގެ ފަރާތުން ކާޕެޓާއި މެކްސްކޮމްގެ ފަރާތުން ލެޕްޓޮޕަކައި ކުރުނބާ މޯލްޑިވްސްގެ ފަރާތުން ދެދުވަހުގެ ހުރުމާއި ކެއުން އަދި ބެސްޓްބައިގެ ފަރާތުން ގިފްޓް ހެމްޕާއެއް އެއްވަނައަށް އައި ސާޢީއަށް ލިބިފައިވެއެވެ.

ދެވަނަ ހާސިލްކުރި ތުގާއަށް ފައިސާގެ ޢިނާމުގެ ގޮތުގައި 100،000 ލިބުނެވެ. ތިން ވަނައަށް އައި ޔައީޝްއަށް ފައިސާގެ ޢިނާމުގެ ގޮތުގައި 75،000 ރުފިޔާ ލިބުނެވެ.

މި މުބާރް ފެށީ ރާއްޖޭގެ އެކި ސަަރަހައްދުގައި ކުރިއަށް ގެންދިޔަ އޮޑިޝަންތަކުގައި ބައިވެރިވި 111 ބައިވެރިންގެ ތެރެއިން ފަނޑިޔާރުން ކަނޑައެޅި 20 ބައިވެރިންނާއެކުގައެވެ.
advertisment
ހިޔާލު