އޮންލައިންކޮށް ކިޔަވައިދޭ އިންޖިނިއަރިންގ އާއި އާކިޓެކްޗަރުގެ ކޯސްތައް ބަލައި ނުގަންނަން މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ( އެމްކިޔުއޭ) އިން ނިންމައިފި
މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން މިއަދު ނެރުނު ޢާންމު އިއުލާނެއްގައި ބުނެފައި ވަނީ، 24 އޮގަސްޓް 2022 ގައި ދިވެހި ސަރުކާރުގެ ގެޒެޓް ގައި ޝާއިޢުކޮށް ޢަމަލުކުރަން ފަށާފައިވާ އެ އޮތޯރިޓީ ގެ އީ-ލަރނިންގ ގައިޑްލައިން ގައި، އެ ދާއިރާގެ ޤާނޫނީ ބާރުލިބިފައިވާ ކައުންސިލްތަކާއި، ކަމާބެހޭ ރެގިއުލޭޓަރީ އިދާރާ ތަކުން އީ-ލަރނިންގ ޑެލިވަރީ މޮޑަލިޓީން ކިޔަވައިދިނުމަށް ވަކި ގޮތަކަށް ހުއްދަ ނުދޭހާ ހިނދަކު، އީ-ލަރނިންގ ޑެލިވަރީ މޮޑަލިޓީން ކިޔަވައިނުދެވޭނެ ކަމަށް މިހާތަނަށް ކަނޑައަޅާފައިވާ 8 ދާއިރާގެ ތެރޭގައި އިންޖިނިއަރިންގ އަދި “އާކިޓެކްޗަރ” މި ދެ ދާއިރާ ހިމެނޭ ކަމަށެވެ.
އެމްކިޔުއޭއިން ބުނީ އިންޖިނިއަރިންގ އަދި “އާކިޓެކްޗަރ” ދާއިރާގެ މަތީ ތަޢުލީމުގެ ޕްރޮގްރާމްތައް އީ-ލަރނިންގ ޑެލިވަރީ މޮޑަލިޓީން ކިޔަވައިދިނުމާ ބެހޭ ގޮތުން އެ ދާއިރާގެ ރެގިއުލޭޓަރީ އިދާރާ ކަމުގައިވާ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން ނިންމަވާފައިވާ ކަމަށް މި އޮތޯރިޓީއަށް އަންގަވާފައި ވަނީ، "އާކިޓެކްޗަރ އަދި އިންޖިނިއަރިންގ ޕްރޮގްރާމްތަކަކީ ޓެކްނިކަލް އަދި ފިޒިކަލް ޙަރަކާތްތަކެއް އެކުލެވިގެންވާ ޕްރޮގްރާމްތަކަކަށް ވުމާއި، އާންމުގޮތެއްގައި މި ޕްރޮގްރާމްތަކަކީ އޮންލައިންކޮށް ކިޔަވައިދޭ ޕްރޮގްރާމްތަކަކަށް ނުވާތީ އެއްވެސް ވަރަކަށް މި ޕްރޮގްރާމްތައް އަދި ޕްރޮގްރާމްތަކުގެ ވަކި މޮޑިއުލް އަދި މޮޑިއުލެއްގެ ބައެއް ވެސް އަދި ވަކި ލެވެލް އެއް ގެ ޕްރޮގްރާމެއް އީ-ލަރނިންގ މޮޑަލިޓީ ގެ ދަށުން ކިޔަވައި ދިނުމަށް މިވަގުތު ނުފެންނަ" ކަމަށެވެ.
އެ އޮތޯރިޓީން ބުނީ، " ގައިޑްލައިންސް ފޯރ އީ-ލަރނިންގ ގައި އީ-ލަރނިންގ ޑެލިވަރީ މޮޑަލިޓީން ކިޔަވައިނުދެވޭނެ ކަމަށް ކަނޑައަޅާފައިވާތީ އިންޖިނިއަރިންގ ”އަދި ““އާކިޓެކްޗަރ”” މި ދެ ދާއިރާ ގެ ޕްރޮގްރާމްތައް އެކްރެޑިޓްކުރުމާއި ސަނަދުތައް ޤަބޫލުކުރުމުގައި އެއްވެސް ވަރަކަށް އީ-ލަރނިންގ ޑެލިވަރީ މޮޑަލިޓީން ކިޔަވައިދިނުން ބަލައިގަނެވެން ނެތް ކަން އެންމެހާ ފަރާތްތަކުގެ މަޢުލޫމާތަށްޓަކައި އަންގާ" ކަމަމެވެ.
advertisment
ހިޔާލު