ޤައުމީ ޔުނިވަރސިޓީގެ ދަސްވެނިވުން މެއި 3 އާއި 4ގައި، 900 ދަރިވަރުން ދަސްވެނިވާނެ

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީ (އެމްއެންޔޫ)ގެ މޭ މަހުގެ ދަސްވެނިވުން އަންނަ މެއި މަހުގެ ތިނަކުން ހަތަރަކަށް ބާއްވަން އެ ޔުނިވާސިޓީ އިން ނިންމައިފިއެވެ.

ރާއްޖޭގައި އެންމެ ގިނަ ދަރިވަރުން ކިޔަވަމުންދާ ޔުނިވަރސިޓީގެ ދަސްވެނިވުމުގައި މިފަހަރު ދިހަ ފެކަލްޓީއަކުން 900 ދަރިވަރުން ދަސްވެނިވާނެއެވެ.

ޤައުމީ ޔުނިވަރސިޓީން ބުނީ، ދަސްވެނިވުމުގެ ރަސްމިއްޔާތު ދެ ދަންފަޅިއަކަށް ބަހާލައިގެން ހެނދުނާއި ރޭގަނޑު ކުރިއަށް ގެންދާނެ ކަމަށެވެ.

ދަސްވެނިވުމުގެ ހެނދުނު ދަންފަޅި ފެށޭނީ 09:30 ގައެވެ. އަދި ރޭގަނޑު ދަންފަޅި ފެށޭނީ 20:30 ގައެވެ. ދަސްވެނިވުން ވެސް އޮންނާނީ އެމްއެންޔޫގެ އޭ ބްލޮކް އޮޑިޓޯރިއަމްގައެވެ.

ދަސްވެނިވުން އޮންނާނެ ގޮތުގެ ތާވަލު:

03 މޭއި 2023، ބުދަ (ހެނދުނު ދަންފަޅި)

– ސްކޫލް އޮފް ނާސިން
– ފެކަލްޓީ އޮފް ހެލްތް ސައިންސަސް

03 މޭއި 2022، ބުދަ (ރޭގަނޑު ދަންފަޅި)
– ފެކަލްޓީ އޮފް އެޑިއުކޭޝަން (މާސްޓާސް)
– ފެކަލްޓީ އޮފް ޝަރީޢާ އެންޑް ލޯ

04 މޭއި 2023، ބުރާސްފަތި (ހެނދުނު ދަންފަޅި)
– ފެކަލްޓީ އޮފް އާޓްސް
– ފެކަލްޓީ އޮފް އެޑިއުކޭޝަން (ބެޗްލާސް)
04 މޭއި 2023، ބުރާސްފަތި (ރޭގަނޑު ދަންފަޅި)
– ފެކަލްޓީ އޮފް ހޮސްޕިޓަލިޓީ އެންޑް ޓޫރިޒަމް ސްޓަޑީސް
– ފެކަލްޓީ އޮފް އިންޖިނިއަރިން، ސައިންސް އެންޑް ޓެކްނޮލޮޖީ
– އެމްއެންޔޫ ބިޒްނަސް ސްކޫލް

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *