ވިދިވިދިގެން 40 ދުވަހު ޖަމާއަތުގައި ފަތިސްނަމާދުކުރާ ކޮންމެ ކުއްޖަކަށް ބައިސްކަލެއް

ޖެހިޖެހިގެން 40 ދުވަހު ޖަމާއަތުގައި ފަތިސްނަމާދުކުރާ ކޮންމެ ކުއްޖަކަށް ބައިސްކަލެއްދޭން އިހަވަންދޫ މަސްޖިދުއް ތަޢާވުންއިން ނިންމައިފިއެވެ.

އެ މިސްކިތުގެ އިމާން ހުސައިން ރަޝީދު އެކަން އިއުލާން ކުރީ ބުރާސްފަތި ދުވަހުގެ ރޭ އިޝާނަމާދަށްފަހުއެވެ.

ބައިސްކަލް ލިބެނީ މަސްޖިދުއް ތަޢާވުންގައި ފަތިސް ނަމާދުގެ ޖަމާއަތަށް، އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން ބައިވެރިވާ ގުރޭޑް 1ން 7ގެ ދަރިވަރުންނަށެވެ. ދެނީ ކުއްޖާގެ އުމުރާ ގުޅޭގޮތުން ބައިސްކަލެކެވެ.

ތަޢާވުން މިސްކިތުގެ އިމާމް ހުސައިން ރަޝީދާ ހަވާލާދީ އިހަވަންދޫ ޑޮޓްކޮމް ނޫހުން ބުނެފައި ވަނީ ޖަމާއަތަށް އަންނަ ދަރިވަރުންގެ ތެރެއިން ވިދިވިދިގެން ސާޅީސް ދުވަހު އަންނަ ދަރިވަރުންނަށް ބައިސްކަލް ދޭން ނިންމީ ހެޔޮއެދޭ ފަރާތެއްގެ އެހީތެރިކަމާއެކުގައެވެ.

ޖަމާއަތަށް އަންނަ ދަރިވަރުންގެ ހާޒިރީ ބަލަން ނިންމާފައިވާއިރު، ވިދިވިދިގެން ދިހަ ދުވަހު ޖަމާއަތުގައި ފަތިސް ނަމާދުކުރާ ދަރިވަރުންނަށް ޢިނާމެއް ދޭން ވަނީ ނިންމާފައެވެ.

" މަގުސަދަކީ، ފުރާވަރަށް އަޅާ އުމުރުގެ ކުދިންގެ ހިތްތަކުގައި ޖަމާއަތުގައި ނަމާދު ކުރުމަށް ލޯބި ޖެއްސުމެވެ. ހާއްސަކޮށް ފަތިސްނަމާދު ޖަމާއަތުގައި ކުރުމަށް ސަމާލުކަން އިތުރުކުރުމެވެ. އެ ނަމާދު ވަކިން ފާހަގަކޮށްފައިވަނީ، ޖަމާއަތުގައި ފަތިސް ނަމާދު ކޮށްފި ކުއްޖަކު އެހެން ނަމާދުތަކަށް ސަމާލުކަން ދިނުމަށް ބާރަކަށްވާނެތީއެވެ." ހުސައިންއާ ހަވާލާދީ އެ ނޫހުގައި ބުނެފައިވެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *