ހުޅުމާލޭގައި ހުންނަ ހުރަވީ ސްކޫލަށް 3000 ދަބަސް ފަހައިދޭނެ ބަޔަކު ހޯދަން އެ ސްކޫލުން އިއުލާން ކޮށްފިއެވެ.
ގެޒެޓްގައި އެ ސްކޫލުން ކޮށްފައިވާ އިއުލާނުގައި ބުނެފައިވާ ގޮތުން ބީލަން ހުށަހެޅުމާއި ހުޅުވުން އޮންނާނީ 19 އޭޕްރިލް 2023 ވާ ބުދަ ދުވަހުގެ 10:00 ގައި އެ ސްކޫލްގައެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ގިނަ އަދަދެއްގެ ދަބަސް ފަހާނެ ބަޔަކު ހޯދަނީ، އަންނަ މަހު ފާހަގަކުރާ ކުޑަކުދިންގެ ދުވަހުގެ ހަރަކާތްތަކާ ގުޅިގެންނެވެ. އެކަމަކު ތަފްޞޫލެއް އެ ސްކޫލަކުން ނުދެއެވެ.
ބީލަން ފޮތުގައިވާ ގޮތުން، އެ ސްކޫލުން އިއުލާން ކޮށްފައި ވަނީ ޑްރޯސްޓްރިންގ ދަބަސް ފަހައިދޭނެ ބައެކެވެ. 35 ސެންޓިމީޓަރު ފުޅާ 40 ސެންޓިމީޓަރު ދިގު މިނުގައި ހުންނަ މި ދަބަހުގެ ކުލައަކީ "އޮލިވް ގްރީން" އެވެ.
ހުރަވީ ސްކޫލްގައި ދެ ހާހެއްހާ ދަރިވަރުން ކިޔަވަމުން ގެންދެއެވެ.
advertisment
ހިޔާލު