އިސްކަންދަރު ސްކޫލްގެ އިސްދަރިވަރުން ޢީދު ހަދިޔާ ހުޅުމާލޭގައި ހުންނަ ފިޔަވަތީގައި ދިރިއުޅޭ ކުދިންނަށް ދީފިއެވެ.
އެ ސްކޫލްގެ އިސްމަގާމުތަކުގައި ތިބި ދަރިވަރުންނާއި ޕްރިފެކްޓުންގެ ފަރާތުން ދިން އީދު ހަދިޔާއާ ހަވާލުވެ ވަޑައިގެންނެވީ ފިޔަވަތީގައި ބޭއްވި ކުޑަ ރަސްމިއްޔާތެއްގައި ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްގެ މިނިސްޓަރު އާއިޝަތު މުޙައްމަދު ދީދީއެވެ.

ފިޔަވައްޗަށް ކުރި ޒިޔާރަތުގައި އެތަނާ ގުޅޭ ގޮތުން ލިބުނު މައުލޫމާތާއި އަދި ބެހެއްޓި މެހުމާންދާރީއަށް އިސްކަންދަރު ސްކޫލްގެ އިސްދަރިވަރުން ވަނީ ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް މިނިސްޓްރީއަށާއި ފިޔަވަތީގެ އެންމެހައި މުވައްޒަފުންނަށް ޝުކުރުއަދާކޮށްފައެވެ.
ޢީދު ހަދިޔާ ފިޔަވަތީގައި އުޅޭ ކުދިންނަށް ހަދިޔާ ފޯރުކޮށްދީފައިވާތީ، އެ ސްކޫލްގެ ހުރިހާ ދަރިވަރުންނަށާއި ބެލެނިވެރިންނަށާއި މުވައްޒަފުންނަށް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްއިން ވަނީ ޝުކުރު އަދާކޮށްފައެވެ.
advertisment
ހިޔާލު