ޣިޔާޘުއްދީން އިންޓަރނޭޝަނަލް ސްކޫލްގެ ފަރާތުން ތިން ސްކޫލެއްގެ ލައިބްރަރީއަށް ފޮތް ހަދިޔާކޮށްފިއެވެ. އެ ސްކޫލުން ފޮތް ހަދިޔާކުރީ ވ. ފުލިދޫ ސްކޫލަށާއި މ. ނާލާފުށީ ސްކޫލަށާއި ހއ. ބާރަށު ސްކޫލަށެވެ. އެ ތިން ސްކޫލަށް 2196 ފޮތް ހަދިޔާކޮށްފައިވެއެވެ. ފޮތް ހަދިޔާކޮށްފައި ވަނީ ޣިޔާޘުއްދީން ސްކޫލުގެ ދަރިވަރުންނާއި މުވައްޒަފުންނާއި ބެލެނިވެރިންގެ ފަރާތުންނެވެ.

ޣިޔާޘުއްދީން ސްކޫލުން ބުނީ، މިއީ މުޖްތަމައަށް ޚިދުމަތް ކުރުމަށް އެ ސްކޫލުން ކުރިއަށް ގެންދާ ޕްރޮރާމުގެ ދަށުން މިދިޔަ އަހަރު އެ ސްކޫލުގެ ބެލެނިވެރިން ހަދިޔާކޮށްފައިވާ ފޮތްތައް ކަމަށެވެ.
advertisment
ހިޔާލު