މަގުމަތީގެ ރައްކާތެރިކަމަށް ސަމާލުކަން ދިނުމަށް ހަނދާން ކޮށްދެމުން، ޣާޒީ ސްކޫލްގެ ޓްރެފިކް މޮނިޓަރުން ޢީދު ތަޙުނިޔާ ކީ އީދު ކާޑުން

މަގުމަތީގެ ރައްކާތެރިކަމަށް ސަމާލުކަން ދިނުމަށް ހަނދާން ކޮށްދެމުން، ޣާޒީ ސްކޫލްގެ ޓްރެފިކް މޮނިޓަރުން ޢީދު ތަޙުނިޔާ ކީ އީދު ކާޑުން ތަހުނިޔާ ކިޔައިފިއެވެ.

އެ ސްކޫލްގެ ކުރިމަތީގައި އޮތް މަގުގައި ބުދަދުވަހު ޓްރެފިކް ބަލަހައްޓަމުންދިޔައިރު ސްކޫލަށްއައި ބެލެނިވެރިންނަށާއި އެ ސަރަހައްދުން ދަތުރުކުރި މީހުންނަށް އީދު ކާޑު ބަހައި، އީދުގެ ސަލާމް ކިޔައިފިއެވެ. މިއީ މިފަދަ ޙަރަކާތެއް ރާއްޖޭގެ ސްކޫލެއްގައި ކުރިއަށް ގެންދިޔަ ފުރަތަމަ ފަހަރެވެ. ޓްރެފިކް މޮނިޓަރުންގެ ގޮތުގައި އެ ހަރަކާތުގައި ޣާޒީ ސްކޫލްގެ 34 ދަރިވަރުން ބައިވެރިވިއެވެ.

ޣާޒީ ސްކޫލުން ބުނީ އެ ސްކޫލުގައި ޓްރެފިކް މޮނިޓަރުން ތަޢާރަފު ކުރީ މީގެ ހަތަރު މަސް ކުރިންނެވެ. ސްކޫލްތަކުގައި ޓްރެފިކް މޮނިޓަރުން ތަޢާރަފުކޮށް އެކުދިންނަށް ބޭނުންވާ ތަމްރީނާއި ހުނަރު ދެނީ ދިވެހި ފުލުހުންނެވެ.

ޢާޒީ ސްކޫލްގެ ލީޑިންގ ޓީޗަރު ސައީދާ ޙަސަން ވިދާޅުވީ، ޓްރެފިކް މޮނިޓަރުންގެ އިސްނެގުމުގެ މަތިން އެ ދަރިވަރުން ޢީދު ތަހުނިޔާ ކީ އެ ދަރިވަރުން އަމިއްލައަށް ކާޑު ތައްޔާރުކޮށްގެންނެވެ. ކޮންމެ ކާޑެއްގައި ވެސް މަގުމަތީގެ ރައްކާތެރިކަމަށް ސަމާލުކަން ދިނުމާ ގުޅޭ ތަފާތު މެސެޖެއް ލިޔެފައިވެއެވެ.

" ޓްރެފިކް މޮނިޓަރުން އަމިއްލަ އިސްނެގުމަށް އެ ދަރިވަރުން ކުރިއަށް ގެންދިޔަ މުހިންމު ޙަރަކާތެއްއެއީ" ސައީދާ ވިދާޅުވިއެވެ.

ސަޢީދާ ވިދާޅުވީ އީދު ތަހުނިޔާ ކިޔުމަށް ޓްރެފިކް މޮނިޓަރުން  ކުރިއަށް ގެންދިޔަ  ހަރަކާތަށް ބެލެނިވެރިންގެ ބޮޑު ތަރުޙީބެއް ލިބުނު ކަމަށެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *