ފުވައްމުލައް ސިޓީ ކައުންސިލުގެ ދީނީ ކުއިޒް ޕްރޮގްރާމުގައި 63 ދަރިވަރުން

1444ވަނަ އަހަރުގެ ރަމަޝާން މަހާއި ގުޅުވައިގެން ފުވައްމުލައް ސިޓީ ކައުންސިލުން ސްކޫލް ކުދިންނަށް އަމާޒުކޮށްގެން ބާއްވާ ދީނީ ކުއިޒް ޕްރޮގްރާމް 63 ދަރިވަރުންނާއިއެކު ރޭ ފަށައިފިއެވެ.
މި ޕްރޮގްރާމުގައި ފުވައްމުލައް ސިޓީގެ ހަ ސްކޫލަކުން ބައިވެރިވެއެވެ. އެއީ އެއީ ޏ.އަތޮޅު ތައުލީމީ މަރުކަޒު، ހާފިޒު އަހުމަދު ސްކޫލް، މުހައްމަދު ޖަމާލުއްދީން ސްކޫލް، ޒިކުރާ ސްކޫލް އަދި ބްރައިޓްވޭ އިންޓަނޭޝަނަލް ސްކޫލް ފުވައްމުލައް އަދި ފުވައްމުލަކު ސްކޫލެވެ.

ރޭ ފެށި މުބާރާތް މި ރޭގެ ނިޔަލަށް ކުރިއަށްދާނެއެވެ. ދީނީ ކުއިޒް ޕްރޮގްރާމް ކުރިއަށް ގެންދަނީ ދެ ޢުމުރު ފުރައަކަށް ބަހާލައިގެންނެވެ. އެއީ ސީނިއަރ ބައި އަދި ޖޫނިއަރ ބައެވެ.
ރޭ ކުރިއަށް ގެންދިޔައީ 4 ސްކޫލަކުން 28 ދަރިވަރުން ބައިވެރިވި ސީނިއަރ ބައެވެ. މިރޭ ކުރިއަށް ދާނީ 35 ދަރިވަރުން ބައިވެރިވި ޖޫނިއަރ ބައެވެ.
މި ޕްރޮގްރާމް ކުރިއަށް ގެންދަނީ ހަތަރު ރައުންޑަކަށް ބަހާލައިގެންނެވެ. އެއީ ވަކި ވަކި ދަރިވަރުންގެ ސުވާލުގެ ބަޔާއި، ގްރޫޕް ސުވާލުގެ ބަޔާއި، ބަޒް ރައުންޑް އަދި ސްޕީޑް ރައުންޑުގެ ބައެވެ.
ފުވައްމުލައް ސިޓީ ކައުންސިލުން ބުނީ މިއީ ދީނީ އެއްބައިވަންތަކަމާއި ދީނީ ހޭލުންތެރިކަން އިތުރު ކުރުމުގެ މަޤްޞަދުގައި ކުރިއަށް ގެންދާ ޕްރޮގްރާމެއް ކަމަށެވެ.
.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *