ގެމަނަފުށީ ސްކޫލަށް ސިތާނާ ހޯމް ވެއަރއިން އެހީތެރިކަން ފޯރުކޮށްދޭން އެއްބަސްވެއްޖެއެވެ.
ގެމަނަފުށީ ސްކޫލުން ބުނީ ސިތާނާ ހޯމްވެއަރގެ ފަރާތުން ނަގުދު ފައިސާގެ ގޮތުގައި 5000 ރުފިޔާއާއި ދަރިވަރުންނަށް ބާއްވާ މުބާރާތްތަކަށް އިނާމް ދިނުމަށް 25 ޓްރޮފީ ދޭން ވަނީ ނިންމާފައިވާ ކަމަށެވެ.
އަދި އެ ސްކޫލުން ރާވާ ހިންގާ އެކިއެކި ހަރަކާތްތަކަށް 30 ކޭސް ފެންދިނުމަށާއި، އަދި އެ ފިހާރައިން 1200 ރުފިޔާގެ ހިލޭ ވިޔަފާރިކުރުމުގެ ފުރުސަތު ވެސް ވަނީ ފަހިކޮށްދީފައެވެ.
" މިކަމަކީ ގެމަނަފުށީ ސްކޫލުގެ ދަރިވަރުންނަށް ފޯރުކޮށްދެވޭ ވަށައޖެހިފައިވާ ތަޢުލީމް ފުޅާކޮށް ކުރިއެރުވުމަށް ސިތާނާ ހޯމްވެއަރއިން ދެއްވި ދީލަތިއެހީއެއްކަން ފާހަގަކޮށް ނުހަނު އުފަލާއެކު ސިތާނާގެ ހޯމް ވެއަރ އިސްވެރިންނަށާއި، މުވައްޒަފުންނަށް ގެމަނަފުށީ ސްކޫލް ގެ ނަމުގައި ނުހަނު އުފަލާއެކު ޝުކުރު ދަންނަވަމެވެ" ގެމަނަފުށީ ސްކޫލްގެ ފޭސްބުކު ޕޭޖުގައި ބުނެފައިވެއެވެ.
advertisment
ހިޔާލު