ކޮންމެ އަހަރެއްގެ ވެސް މާޗްމަހުގެ ފަހު ހޮނިހިރު ދުވަހުގެރޭ 8:30ން 9:30އަށް މުޅި ދުނިޔޭގައި ފާހަގަކުރަނީ އާރތް އަވަރގެ ގޮތުގައެވެ. ތަރާވީހް ނަމާދުގެ ވަގުތާ ދިމާވާތީ، އިސްލާމީ ޤައުމުތަކުގައި އާރތް އަވަރ މި އަހަރު ފާހަގަކުރީ ރޭގަނޑު 9:30ން 10:30އަށެވެ.

ކޮންމެ އަހަރަކު ވެސް އާރތްއަވަރ ކުލަގަދަކޮށް ރާއްޖޭގައި ފާހަގަކުރެއެވެ. މިކަން ފާހަގަކުރުމުގައި އިސްކޮށް މަސައްކަތް ކުރަނީ ސްކައުންޓުންނާއި ގާރލްގައިޑުންނެވެ.
ނޭޝަނަލް ސްކައުޓް ޔޫތު ކައުންސިލުން އިސްނަގައިގެން ޣާޒީ ސްކޫލްގައި ބޭއްވި ހަރަކާތުގައި މާލޭގެ 16 ސްކޫލަކުން ޕްރީ ކަބުންނާއި، ކަބް ސްކައުޓުންނާއި، ސްކައުޓުންނާއި، ރޯވަރ ސްކައުޓުންނާއި އަދި ލީޑަރުން ބައިވެރިވިއެވެ.

މާލެއެކޭ އެއްގޮތަށް އަތޮޅުތަކުގެ ސްކޫލްތަކުގެ ސްކައުޓުންނާއި ޕްރީ ކަބުންނާއި، ކަބް ސްކައުޓުންނާއި، ގާރލްގައިޑުންނާއި ލިޓްލްމެއިޑުންގެ އިތުރުން ސްޓާއިން ބައިވެރިވިއެވެ.
އާރތްއަވަރ ރާއްޖޭގައި ފާހަގަކުރަން ފެށީ 2009 ވަނަ އަހަރުން ފެށިގެންނެވެ. އާރތް އަވަރ ފާހަގަކުރަނީ، ތެޔޮ އެންދުމުގެ ސަބަބުން ޖައްވަށް ބޭރުވާ ވިހަ ގޭސްތަކުގެ ސަބަބުން މޫސުމަށް އަންނަ ބަދަލުތަކާއި، އެ ބަދަލުތަކުން ލިބޭ ގެއްލުންތަކުން ރައްކާތެރިވެ ތިބުމަށާއި، ލިބޭ ގެއްލުން ކުޑަކުރުމުގެ ގޮތުން އެޅިދާނޭ ފިޔަވަޅުތަކަށް އާންމުން ހޭލުންތެރި ކުރުވުމަށެވެ.
advertisment
ހިޔާލު