ސްކިލް ޓްރެއިނިންގ ސެންޓަރުން "މަކީނާ ޤުރުއާން ފެސްޓިވަލް" ފަށައިފިއެވެ. މި ފެސްޓިވަލުގައި މި އަހރު 300 ކުދިން ބައިވެރިވެފައިވެއެވެ. މި ފެސްޓިވަލުގައި ބައިވެރިވާ ކުދިންގެ ކިޔެވުން ގެނެސްދެނީ ސްކިލް ޓްރެއިނިންގ ސެންޓަރުގެ ފޭސްބުކު ޕޭޖާއި ޔޫޓިއުބު އަދި އިންސްޓަގްރާމް ޕޭޖުންނެވެ. ކޮންމެ ދުވަހަކުވެސް ދިހަ ކުދިންގެ ކިޔެވުން ގެނެސްދޭނެ ކަމަށް އެ ސެންޓަރުން ބުނެއެވެ.
ސްކިލް ޓްރެއިނިންގ ސެންޓަރުން ބުނީ، މި ފެސްޓިވަލުގެ މަޤްޞަދަކީ ތުއްތު ކުދިންގެ ހިތްތަކުގައި ޤުރުއާނަށް ލޯބިޖެއްސުމާއި ރަމަޟާންމަހު ޤުރުއާން ކިޔެވުމަށް ހިތްވަރު ދިނުމެވެ.
އެ ސެންޓަރުން ބުނީ، ފެސްޓިވަލުގައި ބައިވެރިވާން 500 އަށްވުރެ ގިނަ ކުދިން ނަންނޯޓް ކުރި ނަމަވެސް ވީޑިއޯ ފޮނުވާފައި ވަނީ 300 ކުދިންގެއެވެ.
މި ފެސްޓިވަލުގައި ބައިވެރިވާ ކޮންމެ ކުއްޖަކަށް ސެޓްފިކެޓެއް ދޭން ވަނީ ނިންމާފައެވެ. މިއީ މި ފެސްޓިވަލް ބާއްވާ ދެ ވަނަ އަހަރެވެ. މި ފެސްޓިވަލް ޚާއްޞަކުރެވިފައި ވަނީ ސްކިލް ޓްރެއިނިންގ ސެންޓަރުގެ ފައުންޑަރ ދިމްނާ ފާކިރުގެ މަންމަ އަލްމަރުޙޫމާ މަކީނާ ނައުޝީން އަލީ އަށާއި ދަރިފުޅު މަކީނާ ނައުޝީން އަލީ އަށެވެ.
ދަރިވަރުންގެ ހުނަރު ތަރައްޤީކުރުމަށް ސްކިލް ޓްރެއިނިންގ ސެންޓަރުން އަންނަނީ 2012 ވަނަ އަހަރުން ފެށިގެން މަސައްކަތް ކުރަމުންނެވެ.
advertisment
ހިޔާލު