193 ސްކޫލަށް ސްޓްރެޗަރ، 56 ސްކޫލަށް ފަސްޓް އެއިޑް ކިޓް

ސަރުކާރުގެ 193 ސްކޫލަކަށް ސްޓްރެޗަރ، 56 ސްކޫލަށް ފަސްޓް އެއިޑް ކިޓް މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން މިއަދު ފޯރުކޮށްދިފިއެވެ.

މިއަދު އެ މިނިސްޓްރީގައި ރަސްމިއްޔާތުގައި މިއަދު ސްކޫލްތަކުގެ ފަރާތުން ތަކެއްޗާއި ޙަވާލުވެވަޑައިގެންނެވީ ކ. މާފުށި ސްކޫލް، ކ. ގުރައިދޫ ސްކޫލް އަދި ކ. ހުރާ ސްކޫލްގެ ޕްރިންސިޕަލުންނެވެ. މި ސްކޫލްތަކުގެ ޕްރިންސިޕަލުންނާއި މި ތަކެތި ރަސްމީކޮށް ޙަވާލުކޮށްދެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެޑިޔުކޭޝަން ފާޠިމަތު ނަޞީރެވެ.

މިތަކެތި ރާއްޖޭގެ ސަރުކާރު ސްކޫލްތަކަށް ފޯރުކޮށްދިނުމުގެ މަސައްކަތް މޯލްޑިވްސް ލަރނިންގ އެޑްވާންސްމެންޓް އެންޑް މެޝަމެންޓް ޕްރޮޖެކްޓް (މޯލްޑިވްސް ލޭމްޕް) އިން މިހާރު ވަނީ ފަށާފައެވެ.

"މޯލްޑިވްސް ލޭމްޕް" އަކީ ގްލޯބަލް ޕަރޓްނަރޝިޕް ފޮރ އެޑިޔުކޭޝަން (ޖީ.ޕީ.އީ) ގެ ހިލޭ އެހީގެ ދަށުން މިނިސްޓްރީ އޮފް އެޑިޔުކޭޝަންގައި ޤާއިމުވެފައިވާ ޕްރޮޖެކްޓެކެވެ. މިނިސްޓްރީ އޮފް އެޑިޔުކޭޝަނާއެކު މި ޕްރޮޖެކްޓުގައި މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން ޙިއްޞާވެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *