ޤައުމީ ޔުނިވަރސިޓީގެ ސްކޮލަރޝިޕް ހަތް ދާއިރާއަކުން އަށް ދަރިވަރަކަށް

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ސްކޮލަރޝިޕް ހަތް ދާއިރާއަކުން އަށް ދަރިވަރަކަށް ދީފިއެވެ.

ޤައުމީ ޔުނިވަރސިޓީން އަންނަނީ ތިން ވައްތަރެއްގެ ސްކޮލަރޝިޕެއް ދެމުންނެވެ. އެއީ ޓިއުޝަން ފީ ހިލޭ ލިބޭ ސްކޮލަރޝިޕާއި، ޔުނިވާރސިޓީގެ ފުލް ސްކޮލާރޝިޕާއި ޝަހީދު އެވޯޑެވެ. ޝަހީދު އެވޯޑް ދެނީ، 3 ނޮވެމްބަރ 1988ގައި ޝަހީދުވި ޝަހީދުންގެ ޛިކުރާ އާކުރުމުގެ ގޮތުން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ 4 ފެކަލްޓީއެއްގައި ހިންގާ އެންމެ މަތީ ފެންވަރުގެ ކޯސްތަކުގެ ތެރެއިން ފުރަތަމަ ސެމެސްޓާރގައި އެންމެ ރަނގަޅު ނަތީޖާ ހޯދާ ދަރިވަރުންނަށެވެ. މި އެ ވޯޑް ދޭން ފެށީ 1999ން ފެށިގެންނެވެ.

ޤައުމީ ޔުނިވަރސިޓީގެ ސްކޮލަރޝިޕް މިފަހަރު ދީފައިވާ ދާއިރާތައް:

  • ބެޗްލާރ އޮފް ޓީޗިން ސެކަންޑަރީ (މެތަމެޓިކްސް އެންޑް ފިޒިކްސް)
  • ބެޗްލަރ އޮފް އާރޓްސް އިން އާކިޓެކްޗަރަލް ޑިޒައިން،
  • ބެޗްލާރ އޮފް ސިވިލް އިންޖިނިއަރިން،
  • މާސްޓާރސް އޮފް އާރޓްސް އިން ސޯޝިއަލް ޕޮލިސީ،
  • އެޑްވާންސް ޑިޕްލޮމާ އިން ނާސިން،
  • މާސްޓާރސް އޮފް ލޯ،
  • މާސްޓާރސް އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން

ޤައުމީ ޔުނިވަރސިޓީން ބުނީ މި އަހަރުގެ ފުރަތަމަ ޓާމްގައި ހުޅުވާލީ ޓިއުޝަން ފީ ހިލޭ ސްކޮލަރޝިޕްގެ 20 ފުރުސަތަށް 69 ދަރިވަރަކު ކުރިމަތިލިއެވެ. އަންޑަރގްރެޖުއޭޓް ފުލް ސްކޮލާރޝިޕްގެ ދެ ފުރުސަތައް 48 ދަރިވަރުން، ޕޯސްޓް ގްރެޖުއޭޓް ފުލް ސްކޮލަރޝިޕްގެ ދެ ފުރުސަތައް 24 ދަރިވަރުން ކުރިމަތިލިއެވެ. ޝަހީދު އެވޯޑަށް ހުޅުވާލި ހަތަރު ފުރުޞަތަށް ކުރިމަތިލީ ހަ ދަރިވަރުންނެވެ.

ޤައުމީ ޔުނިވަރސިޓީން ބުނީ ސްކޮލަރޝިޕްތަކަށް ދަރިވަރުން ހޮވުމުގައި އިސްކަންދިނީ އަންޑާރގްރެޖުއޭޓް ސްކޮލަޝިޕް ނަމަ ސާނަވީ އަދި މަތީ ސާވަނީ އިމްތިހާނުތަކުން އެންމެ ރަނގަޅު ނަތީޖާ ހޯދި ދަރިވަރުންނަށެވެ. ޝަހީދު އެވޯޑު ދިނުމުގައި އިސްކަންދިނީ އެދަރިވަރަކު ޔުނިވާރސިޓީގައި ކިޔަވަމުންދާ ކޯހުގެ ފުރަތަމަ ސެމިސްޓާރގެ އެންމެ މަތީ ނަތީޖާ ހޯދި ދަރިވަރުންނަށް ކަމަށެވެ.

ދަރިވަރުން ކިޔަވަމުން ދާއިރު ދިމާވާ މާލީ ގޮންޖެހުންތަކަށް ހައްލެއް ހޯދައިދިނުމާއި މަތީ ފެންވަރަށް ކިޔެވުމަށް ދަތިވާ ފަރާތްތަކަށް އެހީތެރިވުމުގެ ގޮތުން ޤައުމީ ޔުނިވަރސިޓީގެ ކައުންސިލުން ތައާރަފްކޮށްފައިވާ ސްކޮލަރޝޮޕްތަކެވެ.

މިދިޔަ އަހަރުގެ ދެވަނަ ޓާމުގައި މި ސްކޮލަރޝިޕް ލިބުނު ނުވަ ދަރިވަރުން އަންނަނީ ކިޔަމުންނެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *