ނ. ލަންދޫ ސްކޫލްގެ ގޯތިތެރެ ފެހިކޮށް ހިތްގައިމު މާހައުލަކަށް ހެދުމަށް އެ ސްކޫލްގެ ތިމާވެށި ކުލަބުން ބޭއްވީ މާގަސް އިންދުމުގެ މުބާރާތެކެވެ. " ގުލްޒާރު" ގެ ނަމުގައި ކުރިއަށް ގެންދިޔަ މި މުބާރާތުގައި އެ ސްކޫލުގައި ކިޔަވަމުންދާ ހުރިހާ ކިލާހެއްގެ ދަރިވަރުން ބައިވެރިވިއެވެ.
" ގުލްޒާރު"ގައި ކޮންމެ ކިލާހަކަށް ވެސް ޖާގައެއް ހަމަޖެއްސީ އެ ކިލާހެއްގެ ދޮރުމަތިން އޮތް ހުސްޖާގައިންނެވެ.
ލަންދޫ ސްކޫލްގެ ޕްރިންސިޕަލް ޔޫސުފު އަބްދުއްރަހީމް ވިދާޅުވީ ގަސްއިންދުމުގެ މު މުބާރާތުގައި އެ ސްކޫލުގައި ކިޔަވަމުންދާ، ފައުންޑޭޝަން ސްޓޭޖްގެ ދަރިވަރުން ފެށިގެން ގުރޭޑް 10ގެ ދަރިވަރުން ބައިވެރިވި ކަމަށެވެ.
އޭނާ ވިދާޅުވީ މި ގުލްޒާރުން ފެނުނު އެންމެ ހިތްގައިމު މަންޒަރަކީ ގަސް އިންދުމަށް ބޭނުން ކުރި ޕޮޓް ތަކަކީ އުކާލާ ޕްލާސްޓިކުން އުފެއްދި އެއްޗަކަށް ވެފައި، އެ ޕޮޓްތަކުން ދަރިވަރުންގެ އުފެއްދުންތެރި ޚިޔާލުތައް ފެންނަން ހުރުމެވެ.

" ޕޮޓް ތަކުން ފެނުނީ ދަރިވަރުންގެ ޚިޔާލާއި އުފެއްދުންތެރިކަން" ޔޫސުފު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ "ގުލްޒާރު"ގައި ސަތޭކައަށްވުރެ ގިނަ މާ އަޅާ ގަސް ހައްދާފައިވާ ކަމަށާއި، ގަސްތައް ބަލަހައްޓާ ފެންދީ ހަދާނީ ވެސް ދަރިވަރުން ކަމަށެވެ.
"ގުލްޒާރު"ން އެއްވަނައަށް އައި ކިލާހަށް އިނާމެއްގެ ގޮތުގައި ލަންދޫ ސްކޫލުން ދިނީ މަލާފަތެކެވެ. އެއީ މި މުބާރާތައް ޚާއްޞަކޮށް ތައްޔާރުކުރި އެއްޗެކެވެ.
ލަންދޫ ސްކޫލްގައި 200އަށްވުރެ ގިނަ ދަރިވަރުން މިހާރު ކިޔަވަމުން ގެންދެއެވެ.
advertisment
ހިޔާލު