ވާހަކަދެއްކުމުގެ ޤައުމީ މުބާރާތް: އެންމެ މޮޅު ދަރިވަރުންނަށް ޖަމާލުއްދީނުގެ ސާރާއާއި ރެހެންދި ސްކޫލްގެ ރާއިފުއާއި ސީއެޗްއެސްއީގެ އަލާއު

ސާނަވީން އެއްވަނަ އަހުމަދިއްޔާ ހޯދިއިރު، ދަށުސާނަވީ އާއި މަތީ ސާނަވީން އެއްވަނަ ޖެހިޖެހިގެން ހަތަރުވަނަ ފަހަރަށް ޖަމާލުއްދީނާއި ސީއެޗްއެސްއީއަށް

އިބްރާހިމް ޝިހާބުގެ ހަނދާނީ ވާދައިގެ ތައްޓަން ބޭއްވި 36 ވަނަ ވާހަކަ ދެއްކުމުގެ ޤައުމީ މުބާރާތުން ދަށު ސާނަވީން އެއްވަނަ ޖަމާލުއްދީނުން، މަތީ ސާނަވީން އެއްވަނަ ސެންޓަރ ފޮރ ހަޔަރ ސެކަންޑްރީ އެޑިޔުކޭޝަން( ސީއެޗްއެސްއީ)ން ހޯދައިފިއެވެ. މިއީ މި ގިންތިން މި ދެ ސްކޫލުން ވެސް ޖެހިޖެހިގެން އެއްވަނަ ހޯދި ހަތަރުވަނަ ފަހަރެވެ.

މި މުބާރާތުގެ ސާނަވީ ގިންތިން އެއްވަނަ ހޯދީ އަހުމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލުންނެވެ.

މުބާރާތުގެ އެއްވަނަ ހޯދި ދަރިވަރުންނަށް ބަލާއިރު، ދަށު ސާނަވީން އެއްވަނަ ހޯދީ ޖަމާލުއްދީން ސްކޫލްގެ ފާތިމަތު ސާރާ ނަޒީރެވެ. ސާނަވީ ބައިން އެއްވަނަ ހޯދީ ރެހެންދި ސްކޫލްގެ ރާއިއު އަހުމަދު ރާޒީއެވެ. މަތީ ސާނަވީން އެއްވަނަ ހޯދީ ސީއެޗްއެސްއީގެ އަހުމަދު އަލާއު އިސްމާއިލެވެ.

މި މުބާރާތުގައި 32 ސްކޫލަކުން 400 އެއްހާ ދަރިވަރުން ބައިވެރިވިއެވެ.

މުބާރާތުގެ އެންމެ މޮޅު ދަރިވަރުން:

ދަށު ސާނަވީ ގިންތި:

އެއްވަނަ: ފާތިމަތު ސާރާ ނަޒީރު – ޖަމާލުއްދީން ސްކޫލް

ދެވަނަ: މުޙައްމަދު ޔަޝާއު މުސްތަފާ އަރަބިއްޔާ ސްކޫލް

ތިންވަނަ: އަޝާ މުޙައްމަދު – އިސްކަންދަރު ސްކޫލް

ސާނަވީ ގިންތި:

އެއްވަނަ: ރާއިފު އަހުމަދު ރާޒީ – ރެހެންދި ސްކޫލް

ދެވަނަ: އަލާ އަބްދުއްސައްތާރު – އަހުމަދިއްޔާ ސްކޫލް

ތިންވަނަ: އައިޝަތު އަލާ އަލީ- ކަލާފާނު ސްކޫލް

މަތީ ސާނަވީ ގިންތި:

އެއްވަނަ: އަހުމަދު އަލާއު އިސްމާއިލް – ސީއެޗްއެސްއީ

ދެވަނަ: ޔާން އަލީ މޫސާ – އަހުމަދިއްޔާ ސްކޫލް އިންޓަރނޭޝަނަލް ސްކޫލް

ތިންވަނަ: އާއިޝަތު ބިން އަބްދުއްރައޫފު- ހަމަދު ބިން ޚަލީފާ އަލް ޘާނީ ސްކޫލް

މި މުބާރާތުގެ ސްކޫލްގެ ވަނަތައް:

ދަށު ސާނަވީ ގިންތި:

އެއްވަނަ: ޖަމާލުއްދީން ސްކޫލް

ދެވަނަ: ތަޖުއްދީން ސްކޫލް

ތިންވަނަ: އަރަބިއްޔާ ސްކޫލް

ސާނަވީ ގިންތި:

އެއްވަނަ: އަހުމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލް

ދެވަނަ: އިހަވަންދޫ ސްކޫލް

ތިންވަނަ: އިސްކަންދަރު ސްކޫލް

މަތީ ސާނަވީ ގިންތި:

އެއްވަނަ: ސީއެޗްއެސްއީ

ދެވަނަ: އަހުމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލް

ތިންވަނަ: އިހަވަންދޫ ސްކޫލް

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *