ރޯދަޔަށް މަރުޙަބާ ކިޔުމުގެ ގޮތުން އަފީފުއްދީނުގެ ދަރިވަރުން ނުކުތީ ރަށުތެރެ ސާފުކުރަން

ރޯދަމަހަށް މަރްޙަބާ ކިޔުމަށްޓަކައި ޢަފީފުއްދީންގެ ޔުނިފޯމު ޙަރަކާތްތަކުގެ ދަރިވަރުން ނުކުމެ ކުޅުދުއްފުށީ ސާފުކުރުމުގެ މަސައްކަތް މިއަދު ކޮށްފިއެވެ.

މިއަދު ހެނދުނު 6:30ން 8:00އަށް ކުރިއަށް ގެންދިޔަ މިޙަރަކާތުގައި މި ސްކޫލުގެ ސްޓަރ، ލިޓްލްމެއިޑް، ގާރލް ގައިޑް،ޕްރީކަބް، ކަބްސްކައުޓު، ސްކައުޓު، ޔަނގްޓްރޫޕާރސްގެ އިތުރުން ކެޑޭޓުން ބައިވެރިވިއެވެ.

މިޙަރަކާތުގައި މި ސްކޫލުގެ ސްޓަރ، ލިޓްލްމެއިޑް، ގާރލް ގައިޑް،ޕްރީކަބް، ކަބްސްކައުޓު، ސްކައުޓު، ޔަނގް ޓްރޫޕާރސްގެ އިތުރުން ކެޑޭޓުން ބައިވެރިވިއެވެ.

މިޙަރަކާތުގައި  ކުޅުދުއްފުށި ސިޓީގައި މީހުން އެއްވެ އުޅޭ ގިނަ މައިދާންތަކެއް ވަނީ ސާފުކޮށްފައެވެ. އަފީފުއްދީނުން ބުނީ، ވަރަށްގިނަ ޢަދަދެއެގެ ޕްލާސްޓިކް ފުޅީގެ އިތުރުން ގިނަޢަދަދެއްގެ ކުނިބުނި މި މައިދާނތްކުން ދަރިވަރުން ނަގާފައިވާ ކަމަށެވެ.

މިޙަރަކާތުގެ ސަބަބުން ދަރިވަރުންގެ ހިތްތަކުގައި ތިމާވެއްޓަށްލޯބިޖެހި، ޒިންމާ އުފަލަންދަސްވެ އަދި އަޅުގަނޑުމެންގެ މާޙައުލު ސާފުތާހިރުކޮށް ބޭއްވުމަކީ ފަރުދީ ގޮތެއްގައި ކުރަންޖެހޭ ކަމެއްކަން ޤަބޫލުކުރެވިގެން ދިޔަ ކަމަށް އެ ސްކޫލުން ބުނެއެވެ.

މި ޙަރަކާތުގައި ޖުމްލަ 330 ދަރިވަރުންނާއި 36 މުދައްރިސުން ވަނީ ބައިވެރިވިއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *