ކުޅުދުއްފުށީގައި ކުރިއަށް ގެންދިޔަ ޓްރެފިކް މޮނީޓަރު ތަމްރީނު ޕްރޮގްރާމް ނިންމާލިއެވެ. މި ޕްރްގްރާމުގެ ދަށުން އެ ސިޓީގެ ތިން ސްކޫލަކުން 104 ދަރިވަރުން ވަނީ ތަމްރީނު ފުރިހަމަކޮށްފައެވެ.
ޓްރެފިކް ތަމްރީނު ފޮރޮގްރާމުގައި ކުޅުދުއްފުށިން ބައިވެރިވީ ޖަލާލުއްދީނާއި އަފީފުއްދީނާއިނ ހދ. އަތޮޅު ތަޢުލީމީ މަރުކަޒުންނެވެ.
މިމަހު 11ން 16އަށް ކުރިއަށް ގެންދިޔަ ތަމްރީނު ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތު އޮތީ ބުރާސްފަތި ދުވަހުގެ ރޭ ޖަލާލުއްދީން ސްކޫލްގައެވެ. ޝަރަފުވެރިކޮށްދެއްވީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ ސީއީއޯ އަހުމަދު ދާއޫދެވެ. މިރަސްމިއްޔާތުގައި އޮޕަރޭޝަލް ސަޕޯޓް ކޮމާންޑްގެ ހެޑް އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީ އާއި ރޯޑް ޕޮލިސްގެ ހެޑް ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް މުޙައްމަދު ދާއޫދާއި ސްކޫލް ތަކުގެ ޕްރިންސިޕަލުން ބައިވެރިވެވަޑައިގެންނެވިއެވެ.
ޓްރެފިކް މޮނީޓާސް ޕްރޮގްރާމްގައި، އެއްގަމު ދަތުރު ފަތުރުގެ ގާނޫނާއި ގަވާއިދުތަކުގެ މައުލޫމާތު ދިނުމާއި ދަރިވަރުންގެ އަމިއްލަ ނަފުސުގެ ސަލާމަތާއި ރައްކާތެރިކަމުގެ މައުލޫމާތު ދީފައިވެއެވެ. އަދި ސްކޫލު ސަރަހައްދާއި މަގުމަތީގައި ހަރަކާތްތެރިވާ ދަރިވަރުން އާންމުންނާއި މުއާމަލާތު ކުރުމުގައި ރީތި އަދަބުތަކަށް އަހުލުވެރިކުރުވުމާއި ދިވެހި ބަހުގެ ހަމަތަކާއި އުސޫލުތައް ހިމެނޭގޮތަށް މުއާމަލާތުކުރުމުގެ ހުނަރުތައް ދަސްކޮށްދީފައިވެއެވެ.
އޭގެ އިތުރުން، ސެލްފް ޑީފެންސް ކްލާސްތަކާއި ޓްރެފިކް ބެލެހެއްޓުމާ ގުޅޭގޮތުން މަގުމަތީގައި ދަރިވަރުންނަށް އަމަލީ ހަރަކާތްތައް ކުރިއަށް ގެންގޮސްފައިވެއެވެ.
ރެފިކް މޮނީޓަރސް ޕްރޮގްރާމްގެ ބޭނުމާއި، މުހިއްމުކަމާއި އަދި މި ޕްރޮގްރާމް ކާމިޔާބުކަމާއި އެކު ކުރިއަށް ގެންދެވިދާނެ ގޮތްތަކާއި ގުޅޭގޮތުން ހދ.އަތޮޅު ތަޢުލީމީ މަރުކަޒާއި, ޖަލާލުއްދީން ސްކޫލް އަދި އަފީފުއްދީން ސްކޫލުގެ ސީނިއަރ މެނޭޖްމަންޓްގައި މަސައްކަތް ކުރައްވާ ޓީޗަރުންނަށް ވެސް މައުލޫމާތު ދިފައިވެއެވެ. މައުލޫމާތު ދިނުމަށް ކުރިއަށް ގެންދެވުނު ސެޝަންގެ ތެރެއިން. މި ސެޝަން ނަންގަވައިދެއްވީ ޣާޒީ ސްކޫލުގެ ޕްރިންސިޕަލް ބަޝީރާ މުޙައްމަދެވެ.
advertisment
ހިޔާލު