މަތީ ސާނަވީ ނިންމާ ދަރިވަރުންގެ ތެރެއިން ފަސް މާއްދާއިން އޭ ސްޓާއިން މަތިން ހޯދާ ދަރިވަރުންނަށް ރައީސުލްޖުމުހޫރިއްޔާ ދެއްވާ ސްކޮލަރޝިޕް ސެންޓަރ ފޯރ ހަޔަރ ސެކަންޑްރީ އެޑިޔުކޭޝަން (ސީއެޗްއެސްއީ)ގެ ނުވަ ދަރިވަރުންނަށް މިފަހަރު ލިބެއެވެ.
މި ނުވަ ދަރިވަރުންގެ ތެރެއިން ހަ މާއްދާއިން އޭ ސްޓަރ ހޯދީ އެންމެ ދަރިވަރެކެވެ. އެއީ ނާޝާ ނަސީމެވެ. މިދިޔަ އަހަރު ރައީސްގެ ސްކޮލަރޝިޕްގައި ހިމެނުނީ އެ ސްކޫލްގެ ފަސް ދަރިވަރުންނެވެ. އޭގެ ތެރެއިން އެއް ދަރިވަރަކު ވަނީ ހަ މާއްދާއިން އޭ ސްޓަރ ހޯދާފައެވެ. ދެން ހިމެނުނީ ކުޅުދުއްފުށީ ޖަލާލުއްދީނުގެ ދަރިވަރެކެވެ. އެ ހުރިހާ ދަރިވަރުންނަކީ ވެސް އަންހެން ދަރިވަރުންނެވެ.
ފަސް މާއްދާއަށްވުރެ މަތިން އޭ ސްޓަރ ހޯދި ދަރިވަރުން:
- ނާޝާ ނަސީމް، 6 އޭ ސްޓަރ
- ރާނިޔާ އަގްލީމް، 5 އޭ ސްޓަރ
- ޝާއިން މުޙައްމަދު ރިފްއަތު، 5 އޭ ސްޓަރ
- އައިޝަތު ރައިފާ ނަސީމް، 5 އޭ ސްޓަރ
- އައިޝަތު ޔާޝާ އަހުމަދު، 5 އޭ ސްޓަރ
- މަރިޔަމް މަލާކު ހުސައިން ރަޝީދު، 5 އޭ ސްޓަރ
- އަބްދުﷲ ރައުދު މޫސާ، 5 އޭ ސްޓަރ
- އައިޝަތު އިއްޒަތު ޔޫސުފު، 5 އޭ ސްޓަރ
- އައިޝަތު ނީޝާން ވަހީދު، 5 އޭ ސްޓަރ
ސީއެޗްއެސްއީން ބުނީ، އެ ސްކޫލުން ފާއިތުވި އަހަރު އޭލެވެލް ހެދި ކުދިންގެ ތެރެއިން ފަސް މާއްދާއިން އޭ ހޯދައި ހައި އެޗީވާސް ސްކޮލަރޝިޕް ލިބޭ ދަރިވަރުންގެ އަދަދު 53 އަރާ ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާގެ ޚާއްސަ ސްކޮލަރޝިޕް ލިބެނީ ރާއްޖޭގެ ސްކޫލް މަދަރުސާތަކުގައި މަތީ ސާނަވީ އިމްތިޙާން ނިންމާ ދަރިވަރުންގެ ތެރެއިން، އޭލެވެލްގެ 3 މާއްދާއިންނާއި އެޗްއެސްސީ އިމްތިޙާނުގެ އިސްލާމާއި ދިވެހި މާއްދާއާއެކު 5 މާއްދާއިން އޭ ސްޓަރ ހޯދާ ދަރިވަރުންނަށާއި ޝަހާދާ ސާނަވިއްޔާ އިމްތިޙާނުން "އިމްތިޔާޒު"ގެ ދަރަޖާގައި ފާސްވާ ދަރިވަރުންނަށެވެ. އެއީ އެދަރިވަރަކު އޯލެވެލްގައި އިނގިރޭސީން ދަށްވެގެން ސީ ފާސް ނުވަތަ އެފެންވަރުގެ އެހެން ފާހެއް ޙާސިލްކޮށްފައިވާ ނަމައެވެ.
advertisment
ހިޔާލު