އިންޓަ ސްކޫލް ފުޓްބޯޅަ މުބާރާތް: 15 އަހަރުން ދަށުގެ ޗެމްޕިއަންކަން އިސްކަންދަރަށް

ކަލާފާނު ސްކޫލް ކޮޅަށް ހަތް ލަނޑު ޖަހައިގެން އިންޓަ ސްކޫލް ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން އިސްކަންދަރު ސްކޫލުން ހޯދައިފިއެވެ.

މި މުބާރާތުގައި އިސްކަންދަރު ކޮޅަށް ވަން ހަމައެކަނި ލަނޑުޖެހީ ޕެނަލްޓީ އަކުން ކަލާފާނުގެ އަހުމަދު އަފްނާން އަލީއެވެ. މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއެއްގެ އިތުރުން އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިއާއި ފައިނަލްމެޗްގެ ވެސް މޮޅު ކުޅުންތެރިއަކީ އިސްކަންދަރުގެ މުހައްމަދު އިލާން އިމްރާނެވެ. ފައިނަލުގައި ޖެހި ފަސް ލަނޑާއެކު 38 ލަނޑު އޭނާ ވަނީ ހަ މެޗްގައި ޖަހާފައެވެ. ފައިނަލުގައި ކަލާފާނުގެ ކޮޅަށް ޖެހި އިލާންގެ އިތުރުން ދެން ލަނޑުޖެހީ މުހައްމަދު ލާމިހު އިމްތިޔާޒް އާއި ކާއިން އަބްދުލް ފާއިޒެވެ.

އިސްކަންދަރުން ޗެމްޕިއަންކަން ހޯދީ މުބާރާތުގައި ކުޅުނު ހަ މެޗުން ވެސް މޮޅުވެގެންނެވެ. އިސްކަންދަރުން ވަނީ މި މުބާރާތުގައި 86 ލަނޑު ޖަހާފައެވެ. ކަލާފާނުން ބަލިވީ ފައިނަލް މެޗުން އެކަންޏެވެ. އެ ސްކޫލުން ވަނީ ކުޅުނު ހަ މެޗުން 21 ލަނޑު ޖަހާފައެވެ.

މި ބާރާތުގެ ފެއާޕްލޭ ޓީމަކަށް ހޮވިފައިވަނީ އިމާދުއްދީން ސްކޫލެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *