އިންޓަރ ސްކޫލް ހޭންޑް ބޯޅަ މުބާރާތް: ފިރިހެން ޑިވިޜަންގެ 15 އަހަރުން ދަށާއި 17 އަހަރުން ދަށުގެ ޗެމްޕިއަންކަން ޖަމާލުއްދީނަށް

އިންޓަރ ސްކޫލް ހޭންޑްބޯޅަ މުބާރާތުގެ ފިރިހެން ޑިޒިޜަންގެ 15 އަހަރުން ދަށާއި 17 އަހަރުން ދަށުގެ ޗެމްޕިއަންކަން ޖަމާލުއްދީން ސްކޫލުން ހޯދައިފިއެވެ.

15 އަހަރުން ދަށުގެ ޗެމްޕިއަންކަން ޖަމާލުއްދީން ސްކޫލުން ހޯދީ ރޭ ކުޅުނު ފައިނަލުގައި އަމީނިއްޔާ ސްކޫލާ ވާދަކޮށް 18-21ންނެވެ. މި މެޗްގެ މޮޅު ކުޅުންތެރިއަކީ ޖަމާލުއްދީނުގެ ޖޯރީ ނަމްބަރު 1 އަހުމަދު އަކުމަލް ނަސީރެވެ.

17 އަހަރުން ދަށުގެ ޗެމްޕިއަންކަން ޖަމާލުއްދީން ސްކޫލުން ހޯދީ ރޭ ކުޅުނު ފައިނަލުގައި އިސްކަންދަރު ސްކުލާ ވާދަކޮށް 18-26 ންނެވެ. މި މެޗްގެ މޮޅު ކުޅުންތެރިއަކީ ޖޯރީ ނަމްބަރު، 12 އަލްދާން އައިކް ރަމީޒެވެ.

15 އަހަރުން ދަށުގެ އެންމެ މޮޅު ތިން ކުޅުންތެރިންނަކީ ޖަމާލުއްދީނުގެ، ޖޯރީ ނަމްބަރު 6 އަލްހާން ފައިސަލް އަމީންއާއި އަމީނިއްޔާގެ، ޖޯޒީ ނަމްބަރު 2 އަކްހިލް އިހުސާންއާއި ޖަމާލުއްދީން ސްކޫލްގެ، ޖޯޒީ ނަމްބަރު 3 އިނާން ތޮލްހަތު މުޙައްމަދެވެ.

17 އަހަރުން ދަށުގެ އެންމެ މޮޅު ތިން ކުޅުންތެރިންނަކީ ޖަމާލުއްދީނުގެ އަލްދާން އައިކް ރަމީޒާއި އިސްކަންދަރު ސްކޫލްގެ، ޖޯޒީ ނަމްބަރު 5 ސައްޔިތު ސަލާހުއްދީނާއި ޖަމާލުއްދީނުގެ، ޖޯޒީ ނަމްބަރު 1 އަބްދުﷲ ރަޒީފު މުޙައްމަދެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *