ސްކޮލަރޝިޕް ފުރިހަމަކޮށް 17 ޕްރިންސިޕަލުން ޚިދުމަތަށް

ސްކޮލަރޝިޕް ފުރިހަމަކޮށް 17 ޕްރިންސިޕަލުން ޚިދުމަތަށް ނުކުމެއްޖެއެވެ. ފެންވަރު ރަނގަޅު ތަޢުލީމެއް ފޯރުކޮށސް ދިނުމަށް ޕްރިންސިޕަލުން ތަމްރީނު ކުރުމަށް ފެށި ސްކޮލަރޝިޕްގެ ދަށުން މާސްޓަރސް އޮފް އެޑިޔުކޭޝަނަލް މެނޭޖްމަންޓް ކޯސް ފުރިހަމަ ކުރި 17 ޕްރިންސިޕަލުން ހަމަޖެއްސި ސްކޫލްތަކާއި މަސްއޫލިއްޔަތު ހަވާލުކުރި ކަމުގެ ލިޔުން ހަވާލުކޮށް ދެއްވީ ރައީސުލްޖުމުހޫރިއްޔާގެ ނައިބު ފައިސަލް ނަސީމެވެ.

މި ސްކޮލަރޝިޕުގެ ދަށުން ފުރަތަމަ ބުރުގައި 20 ޕްރިންސިޕަލަކު މެލޭޝިޔާގެ ޔުނިވަރސިޓީ އޮފް މަލާޔާއަށް ކިޔަވަން ފެއްޓެވީ ހުސްވި އަހަރުގެ އެޕްރީލް މަހުގެ ތެރޭގައެވެ. އޭގެ ތެރެއިން ކޯސް ފުރިހަމަކުރައްވައި، މާލޭގައި ހިންގުނު އިންޑަކްޝަން ޕްރޮގްރާންގައި ބައިވެރިވެ، މަސްއޫލިއްޔަތާ ހަވާލުވެވަޑައިގެންނެވީ 17 ޕްރިންސިޕަލެކެވެ. އިންޑަކްޝަން ޕްރޮގްރާމްގައި، އެޑިޔުކޭޝަން މިނިސްޓްރީގެ ޑިޕާޓްމަންޓް ތަކުގެ މަސައްކަތްތަކާއި ގުޅުންހުރި ޤާނޫނާއި ޤަވާއިދު އަދި ޕޮލިސީތަކާގުޅޭ މައުލޫމާތާއި މާލޭގެ ތިން ސްކޫލެއްގައި ދެ ދުވަހުގެ އަމަލީ ތަޖުރިބާ ވަނީ ހޯއްދަވާފައެވެ.

އެޑިޔުކޭޝަން މިނިސްޓްރީން ބުނީ 17 ޕްރިންސިޕަލުން ފުރިހަމަ ކުރެއްވި ކޯހުން އެންމެ މަތީ ދަރަޖައިން ފާސްވެފައިވާ ކަމަށެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *