ރ. އޭއީސީގެ ހަރަކާތްތަކަށް ޕީޓީއޭއާއި މީދޫ ކައުންސިލުން 100،000 ރުފިޔާގެ އެހީއެއް

ރ. އަތޮޅު ތަޢުލީމީ މަރުކަޒަށް 40 އަހަރު ފުރުމާއި ގުޅިގެން ހިންގާ ހަރަކާތްތަކަށް އެހީވުމުގެ ގޮތުން އެ ސްކޫލަށް 100،000 ރުފިޔާގެ އެހީއެއް، ޕީޓީއޭއާއި ރަށު ކައުންސިލުން ހަދިޔާކޮށްފިއެވެ.

ރ. މީދުގައި ހުންނަ އެ އަތޮޅު ތަޢުލީމީ މަރުކަޒަށް މީދު ކައުންސިލުން ދިނީ 50،000 ރުފިޔާގެ އެހީއެކެވެ. އެ މަރުކަޒުގެ ޕީޓީއޭގެ ފަރާތުން ވެސް ހަދިޔާ ކުރީ 50،000 ރުފިޔާގެ އެހީއެކެވެ.

ރ. އޭއީސީގެ ހަރަކާތްތަކަށް ޕީޓީއޭގެ ފަރާތުން ދިން ފައިސާގެ އެހީ އެ މަރުކަޒާ ހަވާލުކުރަނީ- ފޮޓޯ: ރ. އޭއީސީ

އަހަރީ ދުވަހުގެ ހަރަކާތްތަކުގައި ކޯޓިނޭޓަރެއްގެ ގޮތުން އެންމެ އިސްކޮށް މަސައްކަތް ކުރައްވާ ލީޑިންގ ޓީޗަރު އަބްދުލް އަޒީޒު ވިދާޅުވީ، އަހަރީ ދުވަހާ ގުޅިގެން ލިބުނު ފައިސާ ޚަރަދު ކުރާނީ ހަމައެކަނި އަހަރީ ދުވަހުގެ ހަރަކާތްތަކަށް އެކަނި ނޫން ކަމަށެވެ. ދަރިވަރުންނާއި ޓީޗަރުންނާއި ސްކޫލްގެ ކުރިއެރުމަށް ރާވާފައިވާ ކަންތައްތަކަށް ވެސް އެ އެހީގެ ބޭން ކުރައްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އަހަރީ ދުވަހުގެ ޚާއްޞަ ޖަލްސާ މިހާރު ބާއްވާފައި ވާއިރު، ކުރިއަށް ދެން އޮތީ އަންނަ ބުރާސްފަތި ދުވަހު ބާއްވާ މަސްރޭހެވެ. މިއީ އެ ސްކޫލުން ކިޔެވި ދަރިވަރުންނަށް ޚާއްޞަކޮށްގެން ބާއްވާ ހަރަކާތެކެވެ. މަސްރޭހާއެކު ދެން އޮންނާނީ ބާބިއު ހަރަކާތެކެވެ.

" އަހަރީ ދުވަހާ ގުޅިގެން މައިގަނޑު ހަތަރު ކަމެއް ކުރަން އަޅުގަނޑުމެން ނިންމީ. މަސްރޭހާއި ބާބަކިއުއަށް ތައްޔާރުވަމުންދާއިރު، އަހަރީ ދުވުން މިހާރު ވަނީ ފަސްކޮށްފައެވެ. އެ ދުވުން ބާއްވާނެ ތާރީޚެއް އަދި ކަނޑަނާޅާ ކަމަށް އެ ސްކޫލުން ބުނެއެވެ.

ރ. އަތޮޅު ތަޢުލީމީ މަރުކަޒުގައި 500އާ ކަރިކުރާ އަދަދެއްގެ ދަރިވަރުން ކިޔަވަމުން ގެންދެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *