އުރޫދޫން ބޭއްވި ސްޓެމް ފެއާގައި ގިނަ ވަނަތަކާއެކު އެންމެ މޮޅު ސްކޫލަކަށް އިސްކަންދަރު ސްކޫލް ހޮވިއްޖެއެވެ. މި ފެއާގެ އެންމެ ކާމިޔާބު ސްކޫލަކަށް އިސްކަންދަރު ހޮވުމުން، އުރީދޫއިން ދޭ 50،000 ރުފިޔާގެ ފައިސާގެ އިނާމް އެ ސްކޫލާ ހަވާލުކޮށް ދެއްވީ މިނިސްޓަރ އޮފް އެޑިޔުކޭޝަން ޑރ. އައިޝަތު އަލީއެވެ.

އިސްކަންދަރު ސްކޫލުން ވަނީ އެންމެ ހަގު ޢުމުރުފުރާއިންނާއި އެންމެ ދޮށީ ޢުމުރުފުރާއިން އެއް ވަނަ ހޯދާފައެވެ. އެންމެ ހަގު ޢުމުރުފުރައިންނާއި މެދު ޢުމުރުފުރައިގެ އިތުރުން އެންމެ ދޮށީ ޢުމުރުފުރާއިން ދެވަނަ ހޯދީ ވެސް އެ ސްކޫލުންނެވެ.
ޣިޔާޘުއްދީން އިންޓަރނޭޝަނަލް ސްކޫލުން ވަނީ ޖޫނިއަރ ކެޓަގަރީން އެއްވަނައާއި ތިން ވަނަ، އަދި އެންމެ ހަގު ޢުމުރުފުރައިން ތިންވަނަ ހޯދާފައެވެ.
އިއްޒުއްދީން ސްކޫލްގައި ބޭއްވި މި ފެއާގައި ހަތް ސްކޫލަކުން ވާދަކުރިއެވެ.

ސެޓެމް ފެއަރގެ ވަނަތައް:
ނޮވިސް ކެޓެގަރީ (އެންމެ ހަގު ޢުމުރުފުރާ)
- އެއްވަނަ: އީކޯ ފާމް )އިސްކަންދަރު ސްކޫލް(
- ދެވަނަ: ވޭސްޓް އިލެކްޓުރިކްސިޓީ އެއާ ޕޮލިއުޝަން ޑިޓެކްޓަރ )އިސްކަންދަރު ސްކޫލް( ބައިސިކަލް އޮޕަރޭޓެޑް ވެންޑިން މެޝިން )މަޖީދިއްޔާ ސްކޫލް(
- ތިންވަނަ: ސޯލާ ޑީހައިޑުރޭޓް )ޣިޔާޘުއްދީން ސްކޫލް)
ޖޫނިއަރ ކެޓެގަރީ (މެދު ޢުމުރުފުރާ)
- އެއްވަނަ: ވޭވް ބެރިއާ – ޣިޔާޘުއްދީން ސްކޫލް
- ދެވަނަ: އޮއިވަށި – އިސްކަންދަރު ސްކޫލް
- ތިންވަނަ: މޮޑަނައިޒްޑް ޒިބްރާ ކްރޮސިން (ކަލާފާނު ސްކޫލް )
- ތިންވަނަ: ވޭވް އެނާޖީ ބޮއި ( ޣިޔާޘުއްދީން ސްކޫލް)
ސީނިއާ ކެޓެގަރީ (ދޮށީ ޢުމުރުފުރާ)
- އެއްވަނަ: އެކުއަޕޯނިކްސް (އިސްކަންދަރު ސްކޫލް)
- ދެވަނަ: މަންފާ (އިސްކަންދަރު ސްކޫލް)
- ތިންވަނަ: ކޮކޮނަޓް ސައިންސް (މަޖީދިއްޔާ ސްކޫލް)
- ތިންވަނަ: އިލެކްޓްރިކްސިޓީ ފްރޮމް ފްލައި ވީލް (ކަލާފާނު ސްކޫލް)
advertisment
ހިޔާލު