ރެހެންދި ސްކޫލްގެ ޓީޓީ ދަރިވަރުން ތަޖުރިބާ ދަތުރެއްގައި ކޮޗިންއަށް

ހުޅުމާލޭގައި ހުންނަ ރެހެންދި ސްކޫލުގެ ޓްރެވެލް އެންޑް ޓޫރިޒަމް ކިޔަވާ ދަރިވަރުން ތަޖުރިބާ ހޯދުމުގެ ދަތުރެއްގައި އިންޑިޔާގެ ކޮޗިންއަށް ގޮސްފިއެވެ.

ރެހެންދި ސްކޫލުން ބުނީ މި މަހުގެ ދެވަނަ ދުވަހު ފެށި ދަތުރު ހަ ވަނަ ދުވަހާ ހަމައަށް ކުރިއަށް ދާނެ ކަމަށެވެ.

އެ ސްކޫލުން ބުނީ 46 ދަރިވަރުންނާއެކު ބެލެނިވެރިންނާއި ޓީޗަރުން ހިމެނޭހެން ދިހަ މެމްބަރުންގެ ޓީމެއް މި ދަތުރުގައި ބައިވެރިވި ކަމަށެވެ.

" ޓްރެވަލް އެންޑް ޓޫރިޒަމް ކިޔަވާ ދަރިވަރުންނަށް ތަފާތު މާހައުލަކުން ތަފާތު މައުލޫމާތު ތަކެއް ހޯދައި ދިނުމަށް މި ދަތުރު އިންތިޒާމް ކުރީ. ގެސްޓްހައުސްތަކާއި ހޮޓާތަކާއި މޯލްތަކުގެ އިތުރުން މުހިންމު ތަންތަނަށް ޒިޔާރަތްކޮށް މައުލޫމާތު އެއްކުރާނެ" ރެހެންދި ސްކޫލުން ބުންޏެވެ.

މިއީ މިފަދަ ތަޖުރިބާ ދަތުރެއްގައި އެ ސްކޫލުން ދާ ފުރަތަމަ ފަހަރެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *