ތިލަދުންމަތީގައި ބާއްވާ ފެތުމުގެ އެންމެ ބޮޑު މުބާރާތުގައި 22 ސްކޫލަކުން 432 ދަރިވަރުން

ތިލަދުންމަތީގައި ބާއްވާ ފެތުމުގެ އެންމެ ބޮޑު މުބާރާތް ރާއްޖޭގެ 22 ސްކޫލަކުން 432 ދަރިވަރުންނާއެކު ފަށައިފިއެވެ. ސްވިމިން އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން އިންތިޒާމުކޮށްގެން ބާއްވާ

މި މުބާރާތުގައި ބައިވެރިވަނީ އުތުރުގެ ތިން އަތޮޅުގެ އިތުރުން ގދ. އަތޮޅުންނެވެ. މާލޭގެ ހަތަރު ސްކޫލަކުން ވެސް މި މުބާރާތުގައި ވާދަ ކުރެއެވެ.

މި މުބާރާތް ކުރިއަށް ގެންދަނީ ފަސް ޢުމުރު ފުރަކަށް ބަހާލައިގެންނެވެ. އެއީ:

ޖޫނިއާ އޭ: 12 އަހަރުން ދަށް ( 2011 އަދި 2012 ވަނަ އަހަރު އުފަންވެފައިވާ ކުދިން)
ޖޫނިއާ ބީ: 14 އަހަރުން ދަށް ( 2009 އަދި 2010 ގައި އުފަންވެފައިވާ ކުދިން)
ސީނިއާ އޭ: 16 އަހަރުން ދަށް (2007 އަދި 2008 ވަނަ އަހަރު އުފަންވެފައިވާ ކުދިން)
ސީނިއާ ބީ: 18 އަހަރުން ދަށް (2005 އަދި 2006 ވަނަ އަހަރު އުފަންވެފައިވާ ކުދިން)
ސީނިއާ ސީ: 20 އަހަރުން ދަށް (2003 އަދި 2004 ވަނަ އަހަރު އުފަންވެފައިވާ ކުދިން)

އަންނަ ހޮނިހިރު ދުވަހުގެ ނިޔަލަށް، ހެނދުނާއި ހަވީރު މި މުބާރާތް ކުރިއަށް ގެންދާނެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *