ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ކާބޯތަކެތީގެ މައުރަޒު "ފަހި ސުފުރާ" މިއަދު ފަށައިފިއެވެ. މި މައުރަޒު މާދަމާ ހެނދުނު 10ން ފެށިގެން ރޭގަނޑު 10:00އާ ހަމައަށް ކުރިއަށް ދާނެއެވެ.
މި މައުރަޒު ހުޅުއްވައި ދެއްވީ ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރެވެ.

މިއީ އެ ޔުނިވަރސިޓީން ބާއްވާ މިފަދަ ދެވަނަ ފެސްޓިވަލެވެ.
ޔުނިވަރސިޓީގެ އިދާރީ މަރުކަޒުގައި ކުރިއަށް ގެންދާ މި ފެސްޓިވަލުގައި ތަފާތު އެކި ވިޔަފާރިތަކުންނާއި އަމިއްލަ 17 ފަރާތަކުން ބައިވެރިވެފައިވެއެވެ. އަދި މި މައުރަޒުން 300އަށް ވުރެއް ގިނަ ވައްތަރުތަކުގެ ކާބޯތަކެތި ލިބެން ހުއްޓެވެ.
މައުރަޒުގައި މިއަދު ހަވީރު އޮތީ ކުޑަކުދިންނަށް ޚާއްޞަކޮށްގެން ބޭއްވި ކުޑަކުދިންގެ ހަވީރެކެވެ.

ޤައުމީ ޔުނިވަރސިޓީން ބުނީ، ފަހި ސުފުރާގެ މައިގަނޑު މަޤްޞަދުތަކުގެ ތެރޭގައި ދިވެހީންގެ ތެރޭގައި ތިބި ކާބޯތަކެތި އުފެއްދުންތެރިން އެ ފަރާތްތަކުގެ ހުނަރު އާންމުންނަށް ދައްކާލެވޭނޭ ފުރުޞަތު ތަނަވަސްކޮށްދިނުމެވެ. އަދި ކާބޯތަކެތި ވިއްކުމަށް ބޭނުންވާ ފަރާތްތަކަށް އެފުރުސަތު ފަހި ކޮށްދީ އެފަދަ މާޙައުލެއް އުފެއްދުމަކީ ވެސް މި ބާޒާރުގެ މަޤްޞަދެކެވެ.
advertisment
ހިޔާލު