ދަރިވަރުންގެ ދިރިއުޅުމަށް ބޮޑު ބަދަލެއް ޔުނިސެފްގެ އަޕްޝިޕްޓް ޕްރޮގްރާމުން ގެންނަނީ

ދަރިވަރުންގެ ދިރިއުޅުމަށް ބޮޑު ބަދަލެއް ގެނުވުމުގެ މަޤްޞަދުގއި ޔުނިސެފްގެ އަޕްޝިޕްޓް ޕްރޮގްރާމް ރާއްޖޭގައި ފަށައިފިއެވެ.

މި ޕްރޮގްރާމް ފައްޓަވައި ދެއްވީ ހިރިޔާ ސްކޫލްގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި ނާއިބް ރައީސް ފައިސަލް ނަސީމެވެ.

މި ރަސްމިއްޔާތުގައި ޔުނިސެފްގެ ސައުތު އޭޝިއާ ގެ ރީޖަނަލް ޑިރެކްޓަރ މިސްޓަރ ޖޯޖް ލަރިޔާ-އެޑްޖެއި އާއި އެޑިޔުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ބައިވެރިވެވަޑައިގެންނެވިއެވެ.

ޔުނިސެފްގެ އަޕްޝިޕްޓް ޕްރޮގްރާމަކީ ދުނިޔޭގެ 45 އަށްވުރެ ގިނަ ޤައުމުގައި ކުރިއަށްގެންދާ ޔުނިސެފްގެ ގްލޯބަލް "އިނޮވޭޝަން" ޕްރޮގްރާމެކެވެ. މިއީ ޒުވާނުންގެ ޤާބިލުކަން ހޯދުމަށާއި، މުޖުތަމަޢުތަކަށް ހެޔޮ ބަދަލުތަކެއް ގެނައުމުގެ ގޮތުން، އެކުދިންގެ މުޖުތަމަޢުތަކާ ހެޔޮގޮތުގައި ގުޅުން ބަދަހިކުރުމަށް އެޅޭ ފާލަމެކެވެ.

މި ޕްރޮގްރާމުން ފޯރުކޮށް ދެނީ ދިރިއުޅުމަށް ބޭނުންވާ ހުނަރުތަކާއި ތަފާތު ޙާލަތްތަކާ ގުޅުވާލަދޭނެ އީޖާބީ ވިސްނުންތަކެވެ. ތަފާތު މައްސަލަތައް ހައްލުކުރުމަށާއި ހައްލު ހޯދުމަށް މަސައްކަތް ކުރުމަށާއި ޖަމާއަތަށް ފައިދާ ހުރި ހެޔޮ ބަދަލު ގެނައުމުގެ ވިސްނުން އުފައްދައި ތަރައްޤީ ކުރުމެވެ.

ރާއްޖޭގެ 48 ސްކޫލެއްގައި މި ޕްރޮގްމް ހިންގަން ޓީޗަރުން މިހާރު ވަނީ ތަމްރީނުކޮށްފައެވެ. ގުރޭޑް ހަތަކާއި އަށެއްގެ 3497 ދަރިވަރުން މި ޕްރޮގްރާމުގައި ބައިވެރިވާނެއެވެ.

އަޕްޝިޕްޓް ޔުނިސެފުން ލޯންޗްކުރީ 2014 ވަނަ އަހަރު ކޮސޯވޯގައެވެ. މިހާރު 45 ގައުމެއްގައި ދަނީ ހިންގަމުންނެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *