ހދ. އޭއީސީގެ 44 ވަނަ އަހަރީ ދުވަހާ ގުޅިގެން ދުވުމެއް ބާއްވަނީ

ކުޅުދުއްފުށީގައި ހުންނަ އެ އަތޮޅު ތަޢުލީމީ މަރުކަޒަށް 44 އަހަރު ފުރުން ފާހަގަ ކުރުމަށް ހިންގާ ހަރަކާތުގެ ތެރެއިން " އެނިވަރސަރީ ރަން" ބާއްވަން ނިންމައިފިއެވެ.

މި ދުވުން އޮންނާނީ އަންނަ މަހުގެ ދިހަ ވަނަ ދުވަހު ހަވީރުއެވެ. މި ދުވުމުގައި ދިހަ ގެޓަގަރީއަކުން ބައިވެރިވާނެއެވެ. މީގެ ތެރެއިން ހަ ގެޓަގަރީ ޚާއްޞަ ކޮށްފައި ވަނީ އެ ސްކޫލުގެ ފައުންޑޭޝަން ސްޓޭޖްގެ ދަރިވަރުންނާއި ކީސްޓޭޖް އެކަކުން ފަހެއްގެ ދަރިވަރުންނަށެވެ. ދެން ހިމެނެނި 18 އަހަރާއި 30 އަހަރާ ދެމެދު، 30 އަހަރާއި 40 އަހަރާ ދެމެދު އަދި ސާޅީސް އަހަރުން މައްޗެވެ. އަދި ޚާއްޞަ ކެޓަގަރީއެއް ވެސް މި ދުވުމުގައި ޚާއްޞަ ކޮށްފައިވެއެވެ. ސްޕެޝަލް ގެޓަގަރީ ފިޔަވައި އެ ނޫން ހުރިހާ ގެޓަގަރީ ތަކުން އެއްވަނަ ދެވަނަ އަދި ތިން ވަނައަށް ހޮވަން ވަނީ ނިންމާފައެވެ. ސްޕެޝަލް ކެޓަގަރީގައި ބައިވެރިވާ ހުރިހާ ފަރާތްތަކަށް މެޑަލް ދޭއިރު، 40 އަހަރުން މަތީގެ އުމުރު ފުރައިން ބައިވެރިވާ، ޢުމުރުން އެންމެ ދޮށީ ފަރާތަށް ހިތްވަރު ދިނުމުގެ މެޑަލެއް ވެސް ދޭން ވަނީ ނިންމާފައެވެ.

ހދ. އޭއީސީން ބުނީ ދުވުމުގައި ބޭނުންކުރާ ބިޕް އަންނަ މަހުގެ ނުވަ ވަނަ ދުވަހާ ހަމައަށް ވިއްކާނެ ކަމަށެވެ. ދަރިވަރުންނަށް ބިޕް ވިއްކަނީ 25ރުފިޔާއަށެވެ. އެނޫން ފަރާތްތަކަށް ވިއްކަނީ 50ރުފިޔާއަށެވެ. ޚާއްޞަ ނަމްބަރުގެ ބިޕް ވިއްކަނީ 100 ރުފިޔާއަށެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *