މާލޭ ސިޓީ ކައިންސިލުން ބާއްވާ މަދަހަ މުބާރާތުގެ ރެކޯޑިންގ އަންނަ މަހު ހަ ވަނަ ދުވަހު ފަށަނީ

ރަމަޟާން މަހަށް ޚާއްޞަކޮށްގެން މާލެސިޓީ ކައުންސިލުން ކުރިއަށް ގެންދިއުމަށް ނިންމާފައިވާ މަދަޙަ މުބާރާތުގެ ރެކޯޑިންގް އަންނަ މާރޗް މަހުގެ ހަ ވަނަ ދުވަހު ފަށަން ނިންމައިފިއެވެ.

މި މުބާރާތުގެ ރެކޯޑިންގްތައް ކުރިއަށްދާނީ މާލެ ސިޓީ ކައުންސިލްގެ މީޑިއާ ސެންޓަރުގައެވެ. މި އަހަރުގެ މަދަޙަ މުބާރާތުގައި 304 ދަރިވަރުން ވަނީ އެކި އުމުރުފުރާތަކުން ބައިވެރިވެފައެވެ. މި މުބާރާތް ކުރިއަށް ގެންދާނީ 6 އުމުރުފުރާ އަކަށް ބަހާލައިގެންނެވެ. އަދި މި މުބާރާތުގެ ރެކޯރޑިން ރަމަޟާން މަސް ފެށުމުގެ ކުރިން ނިންމަން ވަނީ ހަމަޖެހިފައެވެ. މިއަހަރުގެ މުބާރާތުގައިވެސް ބައިވެރިންނަށް އަގުހުރި އިނާމްތަކެއްދިނުމަށް ވަނީ ހަމަޖެހިފައެވެ.

މި މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ " މާލޭ ސިޓީ ކައުންސިލް މަދަޙަ މުބާރާތް 1444 " މި ނަމުގައެވެ. މި މުބާރާތާއި ގުޅޭ މަޢުލޫމާތު މާލެ ސިޓީ ކައުންސިލްގެ ވެބްސައިޓް އަދި ސޯޝަލް މީޑިއާގެ ޒަރީޢާއިން ލިބިގެންދާނެއެވެ. މުބާރާތުގެ ޢުޞޫލު މާލެސިޓީ ކައުންސިލްގެ ވެބްސައިޓްގައި https://malecity.gov.mv/downloads ހިމަނާފައިވާނެއެވެ.

މަދަހަ މުބާރާތުގެ އިތުރުން މާލެ ސިޓީ ކައުންސިލުން ވަނީ 1444 ވަނަ އަހަރުގެ ރަމަޟާން މަހަށް ޚާއްޞަކޮށްގެން ޤުރުއާން މުބާރާތެއްވެސް ބާއްވާފައެވެ. އެ މުބާރާތުގެ ރެކޯޑިންގް މިހާރު ވަނީ ނިންމާލެވިފައެވެ. އެ މުބާރާތުގައި 756 ކުދިން ވަނީ ބައިވެރިވެފައެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *