ނ. މިލަންދޫ ސްކޫލްގެ ދަރިވަރުން ނުކުމެ އެރަށުގެ ގޮނޑުދޮށް ސާފުކޮށްފިއެވެ. މިއީ އެރަށުގައި އާންމުކޮށް ބޭނުން ކުރެވޭ ގޮތަށް އޮތް ތުނޑި އޮތް ސަރަހައްދެއެވެ.
ހިދާޔާ ސްކޫލްގެ ޕްރިންސިޕަލް ޗަންދުރަ ކުމާރު ދަރިވަރު ނޫހަށް ވިދާޅުވީ، ގޮނޑުދޮށް ސާފު ކުރަން އެ ސްކޫލުގެ ގުރޭޑް 6ން މަތީގެ ދަރިވަރުންނާއި ސްޓާފުން ނުކުތީ، އެ ސަރަހައްދުގައި ގިނަ އަދަދެއްގެ ކުނިބުނިން ތަޤައްޔަރު ވެފައި ވާތީއެވެ.

" ރަށުގެ އެންމެން ބޭނުން ކުރަން އޮތް ހަމައެކަނި ތަނަކީ ވެސް އެއީ. އެހެންވެ އިޖްތިމާއީ ޒިންމާގެ ދަށުން އެތަން ސާފުކުރަން ދަރިވަރުން ނުކުތީ" ޕްރިންސިޕަލް ވިދާޅުވިއެވެ.
ހިދާޔާ ސްކޫލުން ބުނީ ދޮޅު ގަޑިއިރުގެ މަސައްކަތުން އެ ސަރަހައްދު ސާފުކޮށް، ޖަންބޯ ފަސް ބޭގުގެ ކުނި ނަގާފައިވާ ކަމަށެވެ.

ޗަންދުރަ ވިދާޅުވިގޮތުގައި ގޮނޑުދޮށުން ނެގި ކުންޏަކީ އެތަނަށް އަޅާފައިވާ ކުންޏަށްވުރެ ބޮޑަށް ލައްގާފައި ހުރި ކުނިބުންޏެވެ.
އޭނާ ވިދާޅުވީ، ކޮވިޑްގެ ކުރިން އެ ސަރަހައްދު ސާފު ކުރުމުގެ މަސައްކަތް ސްކައުޓުން ކުރަމުން އައި ކަމަށާއި އެ މަސައްކަތް ހުއްޓިފައި އޮތީ އެ ސްކޫލްގައި ލީޑަރުން ނެތިގެން ސްކައުޓްގެ ހަރަކާތް ހުއްޓުނު ހިސާބުންނެވެ.
ހިދާޔާ ސްކޫލްގައި 278 ދަރިވަރުން ކިޔަވަމުން ގެންދެއެވެ.
advertisment
ހިޔާލު