ޒުވާނުންނަށް އާރޓް އެންޑް ކްރާފްޓް ވޯކްޝޮޕެއް މާލޭ ސިޓީ ކައުންސިލުން ބާއްވަނީ

ފަންނުވެރިކަމުގެ ދާއިރާއިން ޒުވާނުން ތަމްރީންކުރުމަށް އާރޓް އެންޑް ކްރާފްޓް ވޯކްޝޮޕެއް ބާއްވާގޮތަށް މާލޭ ކައުންސިލުން ހަމަޖައްސައިފިއެވެ.

މި ވޯކްޝޮޕް ބޭއްވުމަށް ހަމަޖެހިފައިވަނީ 1 މަސްދުވަހުގެ މުއްދަތައް، އެއްވެސް ފީއެއް ނުނަގާ ހިލޭއެވެ.

މާލޭ ސިޓީ ކައުންސިލުން ބުނީ، އަންނަ މަހުގެ ތެރޭގައި މި ވާކްޝޮޕް ފަށާނެ ކަމަށާއި، ބައިވެރިވެވޭނީ 18 އަހަރާއި 25 އަހަރާ ދެމެދުގެ ޒުވާނުންނަށެވެ.

އާރޓް އެންޑް ކްރާފްޓް ވޯކްޝޮޕްގައި ބައިވެރިވާން އެދޭ ޒުވާނުން މާރޗް އަށް ވަނަ ދުވަހުގެ 14:00ގެ ކުރިން secretariat@malecity.gov.mv  އަށް މެއިލް ކުރުމަށް ސިޓީ ކައުންސިލުން ނެރުނު އިލާނުގައި ބުނެފައިވެއެވެ.

ސިޓީ ކައުންސިލުން ބުނީ ވޯކްޝޮޕް އޮންނާނީ ހަފްތާއަކު ހަތަރު ދުވަހު، ތިން ދަންފަޅިއަކަށެވެ. ބޭނުން ދަންފަޅިއެއްގައި ބަރިވެރިވުމުގެ ފުރުޞަތު އޮންނާނެ ކަމަށާއި، ކޮންމެ ދަންފަޅިއެއްގެ ދިގުމަކީ ތިން ގަޑިއިރު ކަމަށް ސިޓީކައުންސިލުން ބުނެފައިވެއެވެ.

ސިޓީކައުންސިލުން ބުނީ، އާރޓް އެންޑް ކުރާފްޓް ވޯކްޝޮޕްގައި ބޭނުން ކުރާނެ އާލާތްތައް އެ ފަރާތުން ފޯރުކޮށްދޭނެ ކަމަށާއި، ވޯކްޝޮޕް ނިމުމުން ހަނދާނީ ލިޔުމެއް ދޭނެ ކަމަށެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *