މާޅޮހު ސްކޫލް "ލީޑަރުންގެ ހަދިޔާ" އަތޮޅުގެ ސްކޫތަކުގެ ޕްރިންސިޕަލުންނަށް

ސްކޫލްތަކުގެ އިސް ލީޑަރުންގެ ފެށި " ސްމައިލް އޮން" ކެމްޕެއިނުގެ ދަށުން މާޅޮހު ސްކޫލް "ލީޑަރުންގެ ފަރާތުން އއ. އަތޮޅުގެ ކޮންމެ ރަށެއްގައި ހުންނަ ސްކޫލުގެ ޕްރިންސިޕަލަށް ގަހެއް ހަދިޔާކޮށްފިއެވެ.

އއ. އަތޮޅުގައި މާޅޮހު ހިމަނައިގެން މީހުން ދިރިއުޅޭ އަށް ރަށް އޮންނައިރު، އެ ހުރިހާ ރަށެއްގެ ސްކޫލްތަކުގެ ޕްރިންސިޕަލުންނަށް ވެސް ހަދިޔާ ކޮށްފައި ވަނީ އެ ދަރިވަރުންގެ ހިތުގެ ލޯތްބާއެކު ގަހެކެވެ. ކޮންމެ ޕްރިންސިޕަލަކަށް ވަކިވަކިން ގަހެއް ހަދިޔާކޮށް، އެ ދަރިވަރުން ފޮނުވި މެސެޖްގައި ބުނެފައި ވަނީ، އެންމެ މޮޅު ބަޔަކަށް ދަރިވަރުން ހެދުމަށް، ޕްރިންސިޕަލުން ކުރަމުންދާ މަސައްކަތްތަކަށް ޝުކުރު ދަންނަވާ ކަމަށެވެ.

މާޅޮހު ސްކޫލްގެ ޕްރިންސިޕަލް ފާތިމަތު ޝިމާނާ ވިދާޅުވީ އިސްދަރިވަރުންގެ ފަރާތުން ޕްރިންސިޕަލުންނަށް ގަހެއް ހަދިޔާ ކުރީ އެއީ އެ ދަރިވަރުންގެ އިސްނެގުމުގެ މަތިން ހިންގަމުންދާ ސްމައިލް އޮން ކެމްޕޭނުގެ ބައެއްގެ ގޮތުންނެވެ.

" ދަރިވަރުންގެ އިސްނެގުމެއް އެއީ. ސްމައިލް އޮން ކެމްޕެއިނުގެ ތީމްއާ ގުޅުވައިގެން ކޮންމެ ސްކޫލަކަށް ވެސް ފޮނުވި ހަދިޔާއެއް އެއީ" ހަދިޔާގެ ގޮތުގައި ގަހެއް ޝިމާނާއަށް ވެސް  ލިބިވަޑައިގެންނެވިއެވެ.

މާޅޮހު ސްކޫލްގައި 100 އެއްހާ ދަރިވަރުން ކިޔަވަމުން ގެންދެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *