އޮޅުވެލިފުށި ސްކޫލުން ބޭއްވީ "އިސްލާމިކް ޓެލަންޓް ޝޯވ"އެއް

އޮޅުވެލިފުށީ ސްކޫލުން " އިސްލާމިކް ޓެލެންޓް ޝޯވ"އެއް ފަށައިފިއެވެ.

މި ޝޯވގައި ކުރިއަށް ދާނީ މަދަހަ ކިޔުމާއި ބަންގި ގޮވުމާއި ހުޠުބާ ކިޔުމުގެ އިތުރުން ޤުރުއާން ކިޔެވުމެވެ.

އޮލުވެލިފުށި ސްކޫލުން ބުނީ، މި ޓެލެންޓް ޝޯވގައި ހިމެނޭ ކޮންމެ ބައެއް ވެސް ކުރިއަށް ގެންދަނީ ވަކި މުބާރާތެއްގެ ގޮތުގައެވެ. ނިމުނު ހަފްތާ ބަންދުގައި ޤުރުއާން މުބާރާތް ފިޔަވައި އެހެން މުބާރާތްތައް ވަނީ ނިންމާލާފައެވެ.

އޮޅުވެލިފުށި ސްކޫލުން ބުނީ މިދިޔަ އަހަރު މި ޝޯވ ކުރިއަށް ގެންދިޔައީ ރޯދަމަހު، ރަމަޟާން ޗެލަންޖެއްގެ ގޮތުގައެވެ. ބެލެނިވެރިންގެ ޚިޔާލާއެކު ރޯދައިގެ ކުރިން ޓެލެންޓް ޝޯވ އެއްގެ ގޮތުގައި ކުރިއަށް ގެންދަން މި އަހަރު ނިންމީ ކަމަށް އެ ސްކޫލުން ބުނެއެވެ.

އޮޅުވެލިފުށީ ސްކޫލުން ދަރިވަރު ނޫހަށް މައުލޫމާތު ދިން ގޮތުގައި މި ޝޯވއަށް ކައުންސިލުގެ އެހީތެރިކަން ލިބެމުންދެއެވެ.

" ކުރީ އަހަރަށްވުރެ މިފަހަރު ބައިވެރިވި ކުދިންގެ އަދަދު ވެސް ގިނަ ކަމަށާއި އަދި އެކުދިންގެ ހުނަރުތައް ވެސް ވަރަށް ބޮޑުތައް ރަނގޅު ކަމަށް އެ ސްކޫލް ފާހަގަކުރެއެވެ.

އޭނާ ވިދާޅުވީ، އެ ސްކޫލްގެ އާބާދީއަކީ 194 ދަރިވަރުންގެ ތެރެއިން 117 ދަރިވަރުން ޓެލެންޓް ޝޯވގައި ބައިވެރިވެފައިވާ ކަމަށެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *