50 ހާސް ޑޮލަރުގެ އިނާމެއް ލިބޭ، ޔުނެސްކޯގެ އީއެސްޑީ އެވޯޑަށް ނަން ހުށައެޅުމުގެ ފުރުޞަތު ހުޅުވާލައިފި

"ޔުނެސްކޯ-ޖަޕާން ޕްރައިޒް އޮން އެޑިޔުކޭޝަން ފޯރ ސަސްޓެއިނަބަލް ޑިވެލޮޕްމަންޓް" އެވޯޑަށް ނަންހުށަހެޅުމުގެ ފުރުސަތު މެމްބަރ ޤައުމުތަކަށް ހުޅުވާލައިފިއެވެ.

މި އެވޯޑަކީ ތަޢުލީމީ ދާއިރާގައި ދެމެހެއްޓެނިވި ތަރައްޤީއަށް އަމާޒުކޮށް ހިންގޭ އެކި ޕްރޮގްރާމްތަކުގެ ތެރެއިން ފާހަގަ ކޮށްލެވޭ މަސައްކަތްތަކެއް ކޮށްފައިވާ ފަރާތްތަކަށް ދެވޭ އެވޯޑެކެވެ. މި އެވޯޑަށް ނަންހުށަޅާ ފަރާތްތަކުގެ ތެރެއިން 3 ފަރާތަކަށް 50،000 ޔޫ.އެސް ޑޮލަރުގެ ފައިސާގެ އިނާމެއް ދިނުމަށްވަނީ ހަމަޖެހިފައެވެ. އަދި 'ޔުނެސްކޯ އީ.އެސް.ޑީ-2030 ގްލޯބަލް ނެޓްވޯރކް' އާއި ގުޅިގެން މަސައްކަތްކުރުމުގެ ފުރުސަތުވެސް މި 3 ފަރާތަށް  ލިބިގެންދާނެއެވެ. މި އެވޯޑަކީ ޖަޕާން ސަރުކާރުގެ ފަރާތުން ފަންޑްކުރާ އެވޯޑެކެވެ.

މި އެވޯޑަށް ނަންހުށަހެޅުމުގެ ސުންގަޑިއަކީ 21 އޭޕްރީލް 2023 އެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *