އެމްއެންޔޫގެ ލީޑަރސް ނައިޓްގައި 200 ދަރިވަރުން

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ސްޓޫޑެންޓް ޔޫނިއަންގެ ލީޑަރސް ނައިޓްގައި 200 ދަރިވަރުން ބައިވެރިވެ، ކާމިޔާބު ކަމާއެކު އެ ހަރަކާތް ނިންމާލައިފިއެވެ. މިއީ މިހާތަނަށް އެންމެ ގިނަ ދަރިވަރުން ބައިވެރިވި ލީޑަރސް ނައިޓް ކަމަށް އެ ޔޫނިއަންއިން ބުނެއެވެ.

ޕީއީ ހޯލުގައި ރޭ ބޭއްވި މި ހަރަކާތުގައި ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ ޑރ މުޙައްމަދު ޝަރީފާއި ދަރިވަރު ޔޫނިއަންގެ ހިންގާ ކޮމިޓީގެ އިތުރުން ހިންގާ ކޮމިޓީގެ ކުރީގެ ބައެއް މެމްބަރުންނާއި އެޑްވައިޒަރީ ބޯޑްގެ މެމްބަރުންނާއި ލީޑަރސް ގުރޫޕުގެ މިހާރުގެ ބައެއް މެމްބަރުން ބައިވެރިވިއެވެ.

މުނިފޫހިފިލުވުމުގެ ހަރަކާތްތަކާއެކު، ޔޫނިއަންގެ ލީޑަރސް ގުރޫޕަށް އަލަށް ގުޅުނު ދަރިވަރުންނަށް ޤައުމީ ޔުނިވަރސިޓީއާއި އެ ޔުނިވަރސިޓީގެ އެމްއެންޔޫއެސްޔޫއާ ބެހޭ މައުލޫމާތު ވަނީ ހިއްސާ ކޮށްފައެވެ.

ސްޓޫޑެންޓް ޔޫނިއަނުން ބުނީ ލީޑަރސް ނައިޓަކީ އެ ޔޫނއަންގެ ހަރަކާތްތައް އަލަށް އަންނަ ލީޑަރުން ދަރިވަރުންނާ ބައްދަލުވެ ގުޅުން ބަދަހި ކުރުމުގެ މާހައުލެއް އުފެއްދުމަށް ބާއްވާ ހަރަކާތެއް ކަމަށެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *