ތަޢުލީމާއި ހުނަރު އިތުރުކުރުމަށް ށ. ގޮއިދޫ ސްކޫލަށް 50،000 ރުފިޔާގެ އެހީއެއް އެރަށު ކައުންސިލުން ދީފިއެވެ.
ކައުންސިލުން މި އެހީ ދިނީ، ގޮއިދޫގެ ތަރައްޤީގެ ޕްލޭންގައި ކަނޑައަޅާފައިވާ ފެންވަރު ރަގަނޅު ތަޢުލީމާއި ހުނަރު އިތުރުކުރުމުގެ ސިޔާސަތު ތަންފީޒު ކުރުމުގެ ގޮތުންނެވެ.
ގޮއިދޫ ސްކޫލްގެ ޕްރިންސިޕަލް އިސްމާއިލް ރަޝީދު ދަރިވަރު ނޫހަށް ވިދާޅުވީ، ކައުންސިލުން ދިން އެހީ ބޭނުން ކުރާނީ ޓީޗަރުންނާއި ދަރިވަރުންގެ ތަރައްޤީއަށް ބޭނުންވާ ވަޞީލަތްތައް ހޯދުމަށެވެ. އަދި ޓީޗަރުންގެ ޤާބިލްކަން އިތުރުކުރުމާއި ކިޔަވައިދިނުމަށް ބޭނުންވާ އާލާތްތައް ހޯދަން ވެސް މި އެހީގެ ބޭނުން ކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
" ކުލާސްރޫމްތައް ޑިޖިޓަލް ކުރުމާއި ޓީޗަރުން ޓްރެއިން ކުރުމާއި ދަރިވަރުންގެ ހުނަރު ތަރައްޤީ ކުރުމަށް އަޅުގަނޑުމެން މި އެހީ ބޭނުން ކުރާނީ" އިސްމާއިލް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ކައުންސިލުން އެހީ ދިނުމުގައި ބަލާފައި ވަނީ ސްކޫލަށް މި ވަގުތަށް އެންމެ ބޭނުންވާ ކަންތައްތަކަށް އިސްކަންދީގެންނެވެ.
ގޮއިދޫ ސްކޫލުން ބުނީ، ބެލެނިވެރިންގެ ހިޔަލެއް ޒަމާނީ ފެންވަރަށް ތައްޔާރު ކުރުމުގެ މަސައްކަތް ވެސް ކައުންސިލުން ކުރަން ނިންމާފައިވާ ކަމަށާއި، އެ މަސައްކަތް ވަރަށް އަވަހަށް ފަށާނެކަން ކައުންސިލުން ބުނެފައިވާ ކަމަށެވެ.
ގޮއިދޫ ސްކޫލުގައި 130 އެއްހާ ދަރިވަރުން މިހާރު ކިޔަވަމުން ގެންދެއެވެ.
advertisment
ހިޔާލު