އޮންލައިން ވިޔަފާރިއަށް ޚާއްޞަ އީ ޓުކުރީގެ ފަރާތުން ކުޑަކުދިންނަށް ހާއްސަކޮށް ކުރެހުމުގެ މުބާރާތެއް ބާއްވަން ނިންމައިފިއެވެ.
މި މުބާރާތް ބާއްވަނީ ހުޅުމާލެ ރުއްގަނޑު-1 ސަރަހައްދުގައި، މި މަހުގެ 24 ވަނަ ދުވަހުގެ ހަވީރު 4ން 6އަށެވެ.
މި މުބާރާތް ބާއްވަނީ ކުދިންގެ ހުނަރު ތަރައްޤީ ކުރުމާއި ކުރެހުމުގެ ފުރުޞަތު ކުދިންނަށް ހޯދައި ދިނުމުގެ ގޮތުންނެވެ.
މި މުބާރާތް ކުރެހުންތައް ހުށަހަޅަނީ މުބާރާތް ބާއްވާ ތަނުގައެވެ. އެ ދުވަހު އެ ތަނަށް ދާ ހުރިހާ ކުދިންނަށް ވެސް މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ދޭން ވަނީ ނިންމާފައެވެ.
މި މުބާރާތުން އެއްވަނަ ދެވަނަ އަދި ތިންވަނަ ހޮވާ ކޮންމެ ވަނައަކަށް 500 ރުފިޔާގެ ގިފްޓް ވައުޗަރއެއް ދޭން އީ ޓުކުރިން ވަނީ ނިންމާފައެވެ.
އީ ޓުކުރިއަކީ ކުދި އަދި މެދުފަންތީގެ ވިޔަފާރި އުފެއްދުމަށް އެހީތެރިކަން ފޯރުކޮށްދޭ، ޕްލެޓް ފޯމެކެވެ.
advertisment
ހިޔާލު