ހއ. އޭއީސީގެ ކޮމްޕިއުޓަރ ލެބް ތަރައްޤީ ކުރަން އަތޮޅު ކައުންސިލުން އެއްލައްކަ ރުފިޔާ ދެނީ

ހއ. އަތޮޅު ތައުލީމީ މަރުކަޒުގެ ކޮމްޕިއުޓަރ ލެބް ތަރައްޤީ ކުރުމަށް އެ ސްކޫލުން ހުށަހެޅި ޕްރޮޖެކްޓަށް އެއްލައްކަ ރުފިޔާގެ އެހީއެއް ވެދޭން އެ އަތޮޅު ކައުންސިލުން ނިންމައިފިއެވެ.

އަތޮޅު ކައުންސިލުގެ މާލީ އެހީތެރިކަމާއެކު ޕްރޮޖެކްޓްތައް ހިންގަން ހުޅުވާލި ފުރުޞަތުގައި، ހުށަހެޅި ޕްރޮޕޯސަލްގެ ތެރެއިން ހަތް ފަރާތެއްގެ ޕްރޮޕޯސަލަށް މާލީ އެހީ ދޭން ކައުންސިލުން ވަނީ ނިންމާފައެވެ. އޭގެ ތެރޭގައި ހއ. އަތޮޅު ތައުލީމީ މަރުކަޒުން ހުށަހެޅި ޕްރޮޕޯސަލް ހިމެނެއެވެ.

ދިއްދޫގައި ހުންނަ ހއ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ޕްރިންސިޕަލް އަބްދުﷲ ނިހާދު ދަރިވަރު ނޫހަށް ވިދާޅުވީ، އެ މަރުކަޒުން ހުށަހެޅީ ކޮމްޕިއުޓަރ ލެބް ތަރައްޤީ ކުރާށެވެ.

" އަޅުގަނޑުމެންނަށް މިހާރު އެންމެ ދަތިވާ އެއް ކަންތައް އެއީ ކޮމްޕިއުޓަރ ލެބްގެ ކަންތައް. އެހެންވެ ލެބް ތަރައްޤީ ކުރަން ޕްރޮޕޯސަލް ހުށަހެޅީ" ނާހިދު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ނުވަސަތޭކައަށްވުރެ ގިނަ ދަރިވަރުން ކިޔަވާ ސްކޫލްގެ ކޮމްޕިއުޓަރ ލެބް ތަރައްޤީކޮށް ނިމޭއިރު، އެއް ފަހަރާ 13 ދަރިވަރުންނަށް ޚިދުމަތް ފޯރުކޮށްދެވޭނެ ކަމަށެވެ.

ނާހިދު ވިދާޅުވީ، ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި ލެބުގެ މަސައްކަތް ނިންމައި ބޭނުން ކުރެވޭވަރުވާނެ ކަމަށެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *