އޮމަދޫ ސްކޫލްގެ މަޒީނަށް ޑައިވް ޑެސްކުން ސްކޮލަރޝިޕެއް

އދ. އޮމަދޫ ސްކޫލްގެ މުޙައްމަދު މަޒީން ބިން މަމްދޫހަށް ޑައިވް ޑެސްކުގެ ފަރާތުން އޯޕަން ވޯޓަރ ޑައިވިންގ ސްކޮލަރޝިޕެއް ދީފިއެވެ. އޭނާއަށް މި ފުރުޞަތު ލިބުނީ، އޮމަދޫ ސްކޫލްގެ ދަރިވަރުންނަށް އަމާޒުކޮށްގެން ކުރިޔަށް ގެންދިޔަ ކެރިއާ ޑިވެލޮޕްމަންޓް ޓްރެއިނިންގ ޕްރޮގްރާމުގެ ތެރެއިން އެކަމަށް ޝަޢުޤު ހުރި ދަރިވަރުންގެ މެދުގައި ނެގި ގުރުއަތުންނެވެ.

ސްކޮލަރޝިޕާގުޅޭ އިތުރު ތަފްޞީލެއް ޑައިވް ޑެސްކުން ބުނުނެއެވެ.

މި ޕްރޮގްރާމްގައި ޑައިވް އިންސްޓަރަކްޓަރަކަށް ހުރި ފުރުސަތުތަކާއި ގުޅޭގޮތުން މަޢުލޫމާތު އެ ސްކޫލްގެ ދަރިވަރުންނަށް ފޯރުކޮށްދީފައިވާ ކަމަށް އޮމަދޫ ސްކޫލުން ބުނެއެވެ.

މި ޕްރޮގްރާމް ކުރިއަށް ގެންދިޔައީ ޑައިވް ޑެސްކާއި އޮމަދޫ ސުކޫލާއި، ޑްރިފްޓް ޑައިވާސްއާއި އޮމަދޫ ކައުންސިލާއި ގުޅިގެންނެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *