"ސްމައިލް އޮން" ކެމްޕެއިނާއެކު ތިމާވަށައިގެންވާ ވެއްޓަށް ހިނިތުން ގެނުވަން ނ. މަގޫދޫ ސްކޫލްގެ ދަރިވަރުން އިންދީ ގަހެކެވެ. އެ ސްކޫލްގެ ކޮންމެ ދަރިވަރަކާއި ޓީޗަރަކު، ބަގީޗާ ގަހެއް އެ ސްކޫލްގެ ގޯތިތެރޭގައި ވަނީ އިންދާފައެވެ. މިއީ މަގޫދޫ ސްކޫލްގެ އިސްދަރިވަރުން އަމިއްލަށް، ރާވައިގެން ތިމާވެއްޓަށް ހިނިތުން ގެނެސް ދޭން ކުރިއަށް ގެންދިޔަ މުހިންމު ހަރަކާތެއް ކަމަށް އެ ސްކޫލުން ބުނެއެވެ.
މަގޫދޫ ސްކޫލްގެ ލީޑިންގ ޓީޗަރު ހަމްދޫން ހާމިދު ދަރިވަރު ނޫހަށް ވިދާޅުވީ، ސްމައިލް އޮން ކެމްޕެއޮނާއެކު އެ ސްކޫލްގެ ދަރިވަރުން ބޭނުންވީ ކޮންމެ ދަރިވަރަކާއި ޓީޗަރެއްގެ ފަރާތުން ގަހެއް އިންދާ ހައްދާށެވެ. އެހެންވެ އެ ހަރަކާތުގެ ތެރެއިން އެ ސްކޫލުގައި ކިޔަވާ 84 ދަރިވަރުން ވަނީ ބަގީޗާ ގަސް އިންދާފައެވެ.
" ދަރިވަރުން އަމިއްލަ އިސްނެގުމަށް ކުރާ ކަމަކަށް ވަތީ، އެ ކުދިން ބޭނުންވީ މާ އަޅާ ގަސް އިންދަން" ހާމިދު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، އެކުއްޖަކު އިންދި ގަސް ފެންދީ ބަލަހައްޓާނީ އެކުއްޖެއް ކަމަށެވެ.
" ބޭނުމަކީ ތިމާވެއްޓަށް ދަރިވަރުންގެ ފަރާތުން ކުޑަ ނަމަވެސް ހިނިތުން ވުމެއް ގެނެސް ދިނުން"
ކޮންމެ ކުލާހަކުން ވެސް ގަން އިންދީ އެކުލާހެއްގެ ކުރިމަތީގައި ޚާއްޞަ ކޮށްފައިވާ ބެޑެއްގައެވެ. ޓީޗަރުން ގަސް އިންދީ، ސްޓާފް ރޫމް ކުރިމަތީގައި އެކަމަށް ޚާއްޞަ ކުރި ބެޑެއްގައެވެ.
މަގޫދޫ ސްކޫލްގައި ފައުންޑޭޝަނުން ފެށިގެން ގުރޭޑް 9އާ ހަމައަށް ކިޔަވައި ދެމުން ގެންދެއެވެ.
ސްކޫލްތަކުގެ ދަރިވަރުން އަމިއްލަ އިސްނެގުމަށް ކުރިއަށް ގެންދާ ސްމައިލް އޮން ކެމްޕޭނުގެ ދަށުން އަހަރު ދުވަހަށް ބަހާލައިގެން ގިނަ ހަރަކާތްތަކެއް ދަނީ ސްކޫލްތަކުން ހިންގަމުންނެވެ.
advertisment
ހިޔާލު