ދަރިވަރުންގެ ސިކުނޑި ތާޒާކޮށްލަން އިފްތިތާޙުން ބޭއްވީ "މައިންޑް ބޫސްޓް" ކޭމްޕެއް

ގުރޭޑް ދިހައެއްގެ ދަރިވަރުންގެ ސިކުނޑި ތާޒާކޮށްލަން ޅ. ނައިފަރުގައި ހުންނަ މަދަރަސަތުލް އިފްތިތާޙުން " މައިންޑް ބޫސްޓް"ގެ ނަމުގައި ކޭމްޕެއް ބާއްވައިފިއެވެ.

ބުރާސްފަތި ދުވަހު ފެށި މި ކޭމްޕް ނިންމާލީ މިއަދުއެވެ.

އިފްތިތާޙުން ބުނީ، ސާނަވީ އިމްތިޙާނަށް ގުރޭޑް ދިހައެއްގެ ދަރިވަރުން ތައްޔާރުވުމާއި، ކުރިން ދަސްކޮށްފައި ހުރި ފިލާވަޅުތައް އަލުން މުޠާލިޔާކޮށް ސިކުނޑި ތާޒާ ކޮށްލުމަކީ މި ކޭމްޕްގެ އެންމެ މުހިންމު މަޤްޞަދުކަމަށެވެ. ފިލާވަޅުތައް ފަސޭހައިން ދަރިވަރުންގެ ސިކުނޑިއަށް ވެއްދައި ދިނުމަށް ކިޔެވުމުގެ އިތުރުން ތަފާތު ވައްތަރުގެ ގޭމްތަކާއި ކުޅިވަރުތައް ވެސް މި ކޭމްޕްގެ ތެރޭގައި ވަނީ  ކުރިއަށް ގެންގޮސްފައެވެ. އެ މަދަރުސާގެ 48 ދަރިވަރުން މި ކޭމްޕުގައި ބައިވެރިވިއެވެ.

މަދަރުސަތުލް އިފްތިތާޙުގެ ޕްރިންސިޕަލް އާއިޝަތު ފަރުހަތު ދަރިވަރު ނޫހަށް ވިދާޅުވީ، މައިންޑް ބޫސްޓް ކޭމްޕްގައި އެ މަދަރުސާގެ ދަރިވަރުންނާއެކު އެހެން ސްކޫލްތަކުގެ ދަރިވަރުން ވެސް ބައިވެރިކުރާ ކަމަށެވެ. މިފަހަރު އެ ފުރުޞަތު ދިނީ ނ. އަތޮޅު ކެނދިކޮޅުދޫ ސްކޫލަށެވެ. އެ ސްކޫލުގެ 11 ދަރިވަރުން ބައިވެރިވިއެވެ.

ކޭމްޕުގައި، ސެޝަންތައް ކުރިއަށް ގެންދިޔައީ އިފްތިތާޙުގެ ގުރޭޑް 10އަށް ކިޔަވައިދެއްވާ ޓީޗަރުންނެވެ.

ކޭމްޕުގައި، ސެޝަންތައް ކުރިއަށް ގެންދިޔައީ އިފްތިތާޙުގެ ގުރޭޑް 10އަށް ކިޔަވައިދެއްވާ ޓީޗަރުންނެވެ. މި ކޭމްޕް ޝަރަފުވެރިކޮށްދެއްވީ، 2016 ވަނަ އަހަރު ސާނަވީން، 2018 ވަނަ އަހަރު މަތީ ސާނަވީން އެ ސްކޫގެ ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރުގެ މަޤާމް ހޯދި ހަލީމަތު ޔަހުމާ ޔޫސުފެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *